ރައީސް ޑރ.މުހައްމަދު މުއިއްޒު--ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Mar 2024 | 10:00
ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޑރ.މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއިއެކު، ރައީސް ޑރ.މުއިއްޒު ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ އިތުރުން ރައީސް ޑރ.މުއިއްޒު ގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި މައްސަރުގެ ހެޔޮ އެދުންތައް ވަނީ ފޮނުއްވާފައެވެ.

މީގެ އިތުރުންވެސް، މި ފެށުނު ރަމަޟާން މަހަކީ ޤައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޑރ.މުއިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވި މެސެޖްގައި ވެއެވެ.

ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއަށް ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިއަދެވެ. 

ނަމަވެސް ހަނދު ނުފެނި ރަމަޟާން މަހުގެ އެއްވަން ދުވަހަކީ އަންގާރަ ދުވަސް ކަމުގައި އެހެން ބައެއް ގައުމުތަކުން ވަނީ ކަނޑައަޅާފަ އެވެ. 

އެގޮތުން، ފިލިޕިންސް، ސިންގަޕޫރު، އިންޑޮނޭޝިޔާ، މެލޭޝިޔާ، އަދި ބުރޫނާއީ އަށްވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަން ވަނީ އިއުލާން ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.
03 Jul 2026
ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް
އެގޮތުން ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.