ހުޅުމާލޭގެ މަގެއް-- ފޮޓޯ: ވޮއިސް
ހަބަރު
11 Mar 2024 | 14:01
މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތުވެސް އެބައޮތް!

މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށެވެ. އަދި މި ދުވަސްވަރު، ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސް ކުރެވޭ ހޫނުމިން މަތިވާ ކަމަށް ވެސް އެއިދާރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް މެޓް އޮފީހުން ބުނީ، މި އަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވާ ކަމަށެވެ. އެލްނީނޯ އަހަރަކީ މެދުތެރެއާއި އިރުމަތީ ޓްރޮޕިކަލް ޕެސިފިކް ކަނޑުގެ ސަރަހައްދު ހޫނުވުން، ނުވަތަ ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން އެވްރެޖަށްވުރެ މަތިވާ މަތިވުމަށް ދެވިފައިވާ ނަމެކެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 2:00 ހާއިރު ކަމަށެވެ. ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައްދާނެ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ހޫނުގަދަ ވުމުގެ ސަބަބުން، ދިމާވާ ސިއްހީ މައްސަލަ ތަކުގެ ތެރޭގައި، ހަށިގަނޑުން ފެން މަދުވެ ކުޑަކަމުދެވޭ މިންވަރު މަދުވުމާއި ލޮލަށް ލިބޭ ގެއްލުން ހިމެނެއެވެ. މީގެ އިތުރުންވެސް، ވަރުދެރަވުމާއި، ބޮލުގައި ރިއްސާ ބޯ އަނބުރައި، ހަންގަނޑު ކުރަކިވެ ހަންފޮޅުމަށް ވެސް މެދުވެރިވެއެވެ.

މިކަންކަމުން ސަލާމަތްވުމަށްޓަކައި، ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމާއި، ހޫނު ގަދަ ވަގުތު ހާއްސަކޮށް ކުޑަކުދިން ބޭރަށް ނުނެރުމާއި، ސަން ލޯޝަނާއި އަވި އައިނު ބޭނުން ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.