އުރީދޫ ހެޑްްކުއާޓަރ-- ފޮޓޯ: ޕީއެސްއެމް
ވިޔަފާރި
11 Mar 2024 | 14:35
މި ރޯދަ މަހުވެސް އުރީދޫގެ ކަސްޓަމަރުންނަށް ހަދިޔާފޮށި ޕްރޮމޯޝަން!

އުރީދޫ މޯލްޑިވްސްއިން މިދިޔަ އަހަރުގެ ރޯދަމަހާ ގުޅުވައިގެން ތައާރަފްކުރި އަދި ކަސްޓަމަރުންގެ ތެރޭގައި މަގުބޫލު ވެގެން ދިޔަ ޕްރޮމޯޝަނެއް ކަމަށްވާ ހަދިޔާ ފޮށި ޕްރޮމޯޝަން މިއަހަރު ވެސް ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އުރީދޫ އިން ބުނީ އުރީދޫ ސުޕަރއެޕްގައި ހަދިޔާ ފޮށި މެދުވެރިކޮށް އެތައް އިނާމުތަކެއް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ޑެއިލީ އަދި ވީކްލީ ހަދިޔާ ހިމެނޭއިރު، މި ޕްރޮމޯޝަނުން ލިބޭ ހަދިޔާ ތަކުގެ ތެރޭގައި ބޯނަސް ޑޭޓާ، ގިފްޓް ވައުޗަރ، މޮބައިލް ފޯނު، ޕީއެސް 5 އަދި އެޕަލް ވިޝަން ޕްރޯ ހިމެނެއެވެ.

އުރީދޫއިން ބުނީ 500ރ އިން މަތީ ޑޭޓާ ޕެކް ނެގުމުން %60 އާހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށާއި މި އޮފަރ ގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ރޯދަ މަހުގެ ތެރޭގައި ފެށޭ މިއޮފަރ ގައި އެއް ކަސްޓަމަރަކު އަނެއް ކަސްޓަމަރަށް ޑޭޓާ ޕެކް ހަދިޔާ ކުރެވޭއިރު، އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތަކުން ހޮވޭފަރާތަކަށް ހާއްސަ އިނާމެއް ލިބޭނެއެވެ. މި އިނާމަށް އުރީދޫއިން ކޮންމެ ހަފްތާއަކު ގްރޭޓާރ މާލެ އޭރިއާ، ސެންޓްރަލް، ނޯތު އަދި ސައުތު ރީޖަން އިން ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ރޯދަމަހާ ގުޅުވައިގެން އުރީދޫއިން ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރެވޭ ގޮތް ވެސް ފަހިކޮށްދީފައެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށް ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ. 

ހަމައެއާއި އެކު އުރީދޫގެ ޕްރޭޔާ އެލާޓް އެކްޓިވޭޓް ކުރުމުން، ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓެއް ފޯނަށް ލިބޭއިރު، މި ޚިދުމަތަށް އުރީދޫ އިން އިތުރު އަގެއް ނުނަގާނެއެވެ. މިއާއި އެކު އުރީދޫއިން ވަނީ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ފަހި ކޮށްދީފައެވެ.

މީގެ އިތުރަށް އުރީދޫ އިން ގެ މިރޯދަމަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ތައާރަފު ސީ.އެސް.އާރު ޕްރޮގްރާމް "އިސްރަށްވެހިންނާއި އެކު"، މި ޕްރޮގްރާމްގެ އެކި ހަރަކާތްތަށް މުޅި އަހަރަށް ބަހާލެވިގެންދާނެއެވެ.

މިހުރިހާ ކަންކަމުގެ އިތުރުންވެސް އުރީދޫ އިން ކުރިއަށް ގެންދިޔުމަށް ރާވާފައި ހުރި ކަންކަމުގެ ތެރޭގައި ޒުވާނުންނާއި އިސްރަށްވެހިންނާއިއެކު ރޯދަވިއަލާ ހިޔާލު ބަދަލު ކޮށްލެވޭނެ މާހައުލެއް ގާއިމު ކުރެވޭ ރޯދަވީއްލުމެއް ބޭއްވުމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާ ކުއިޒުން ހޮވޭ ނަސީބުވެރި ފަރާތަކަށް ދެވޭ އުމްރާ ދަތުރާއި، އަތޮޅު ދުވުމުގެ ލީޑަރބޯޑުގެ އެއްވަނަ އަށް ދާ ފަރާތަކަށް ދެމީހުންގެ އުމްރާ ދަތުރެއް ދިނުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.