އަލް ހިލާލްގެ ކުޅުންތެރިން
ކުޅިވަރު
13 Mar 2024 | 06:09
ޖެހިޖެހިގެން 28 މެޗުން މޮޅުވެ އަލް ހިލާލުން ރެކޯޑް ހަދައިފި

އޭއެފްސީ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން ޖެހިޖެހިގެން 28 މެޗުން މޮޅުވެ ރެކޯޑް ހަދައިފި އެވެ.

މީގެ ކުރިން މިރެކޯޑް އޮތީ ވޭލްސްގެ ޕްރެމިއާ ލީގު ކުލަބް ދަ ނިއު ސައިންޓް އަތުގައެވެ. އެޓީމުން ވަނީ 2016/17 ވަނަ ސީޒަނުގައި ޖެހިޖެހިގެން 27 މެޗުން މޮޅުވެފައެވެ. 

ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނާގައި 12 ޕޮއިންޓްގެ ލީޑަކާއެކު މިވަގުތު އޮތް އަލް ހިލާލުން ވަނީ ލީގުގައި އެޓީމުން އެންމެ ފަހުން ކުޅުނު 16 މެޗުން މޮޅުވުމުގެ އިތުރުން ޑޮމެސްޓިކް މުބާރާތްތަކުގައި ކުޅުނު ތިން މެޗުގެ އިތުރުން އޭއެފްސީ ޗެންޕިއަންސް ލީގުގައި އެޓީމުން އެންމެ ފަހުން ކުޅުނު 8 މެޗުން މޮޅުވެފައެވެ.

މީގެ އިތުރުން މިސީޒަނުގައި ވާދަވެރި މެޗެއްގައި އެޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ޢަރަބި ޗެންޕިްއަންސް ކަޕްގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު އަތުން ބަލިވި މެޗު އެކަންޏެވެ.

އަލް ހިލާލުން މިސީޒަނުގައި ހޯދަމުން އަންނަ ކާމިޔާބީތަކުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިއަކީ ޕްރެމިއާ ލީގުގެ ފުލަމްގައި މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ. އޭނާ ވަނީ މި ސީޒަނުގައި އެޓީމަށް ކުޅެދިން 28 މެޗުގައި 29 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ވެސް އެޓީމުގެ މެދުތެރޭގައި ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސްގެ އިތުރުން ސާބިއާގެ މިޑްފީލްޑަރު ސާޖް މިލިންކޮވިޗް-ސަވިޗް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، ފަހަތުގައި ސެނަގާލް ޑިފެންޑަރު ޚާލިދް ކުލިބަލީ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.