އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު-- ފޮޓޯ: އެމްޑީޕީ
ހަބަރު
14 Mar 2024 | 12:16
ގައުމިއްޔަތުގެ ނަމުގައި މި ސަރުކާރުން ދަނީ "ފިތުނައިގެ އޮށް" އިންދަމުން: ޝާހިދު

ގައުމިއްޔަތުގެ ނަމުގައި މި ސަރުކާރުން ދަނީ "ފިތުނައިގެ އޮށް" އިންދަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ،  ކުރިޔަށް އޮތް 20 ވަނަ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ރޭ ހއ. ދިއްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ޝާހިދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ އާއި ޤަތުލުއާންމުތަށް ހިންގާ ޤައުމުތައް ފަދައިން ރާއްޖޭގައިވެސް ފިތުނަ އުފައްދާ ގޮތަށް މި ސަރުކާރުގެ އަމަލުތައް ބައްޓަމުން ކުރަމުންދާ ކަމަށެވެ. އަދި ދިވެހިންނަކީ އެއް ނަސްލެއްގެ އެއް ދީނެއްގެ އެއް ބައެއް ކަމާއި ބައިބައިވުން ނުބާއްވަން ދަރިންނަށް ވިސްނައިދޭއިރު، މި ސަރުކާރުން ތިމާމެންނާ އެކީ ތިބި މީހުން ނޫން އެހެން އެންމެންނަކީ ދިވެހިން ނޫން ކަމަށް ބުނެ ރޮނގެއް ދަމާލަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ގައުމިއްޔަތުގެ ނަމުގައި އެ އޮށް އިންދަމުންދާ ކަމަށާއި، ސަރުކާރުގައި ތިބި މީހުން އެފަދައިން ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ދާއިރު ހަނު ނީންނެވުމަށް ޝާހިދު ވަނީ ރައީސް ޑރ.މުއިއްޒު އަށް ގޮވާލައްވާފައެވެ.

"އެ އޮށް މިހާރު އެ އިންދަވަނީ ގައުމިއްޔަތުގެ ނަމުގައި. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒަށް ދަންނަވަން، މަނިކުފާނުގެ ސަރުކާރުގައި ތިބި މީހުން، ވެރިން މިކަހަލަ ފިތުނައިގެ ވާހަކަތައް ދައްކާއިރު ހަނު ނީންނަވާށޭ،"

ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޝާހިދު ވަނީ، ރައީސް މުއިއްޒާއި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ މިއަދު މަގުމަތީގައި އުޅޭ އެކްޓިވިސްޓުން ނޫން ކަމަށާއި އެއީ ރައްޔިތުން ގޮވައިގެން ކުރިއަށްދާންޖެހޭ ވެރިންނަށް ވާއިރު އެމަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ، ގައުމު އެކުވެރިކޮށް އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުމުގެ ޒިންމާ ރައީސް ޑރ.މުއިއްޒު އާއި ރައްޔިތުން ހަވާލުކޮށްފައިވާއިރު، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓާލެއްވުމަށް ވެސް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.