މޯލްޑިވިއަންގެ ފްލައިޓެއް— ފޮޓޯ/ މޯލްޑިވިއަން
ހަބަރު
14 Mar 2024 | 23:01
މޯލްޑިވިއަންގެ ޕްރޮމޯޝަނަލް ފެއަރގެ ދަށުން އިތުރު 6 މަންޒިލަށް ޓިކެޓް އަގުހެޔޮ ކޮށްފި

މި ރޯދަމާއި ދިމާކޮށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ފެށި ޕްރޮމޯޝަނަލް ފެއަރ ގެ ދަށުން އިތުރު ހަ މަންޒިލަކަށް ޓިކެޓް އަގުހެޔޮކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ އިތުރު ހަ މަންޒިލަކަށް އާދިއްތައިން ފެށިގެން އަގުހެޔޮ ޓިކެޓްގައި ދަތުރު ކުރެވޭނެ ކަމަށެވެ.

އެގޮތުން މޯލްޑިވިއަނުން ފަހުން ޓިކެޓް އަގުހެޔޮ ކޮށްފައިވަނީ؛

މާވަރުލު - 1،155ރ

ފަރެސްމާތޮނޑާ - 1،133 ރ.

ހޯރަފުށި -1،133 ރ.

ކުޅުދުއްފުށި - 1،111 ރ.

ތިމަރަފުށި - 1،111 ރ.

ފުނަދޫ - 1،055 ރ. އެވެ.

މި އަގު ތަކަކީ އެއްކޮޅު ޓިކެޓްގެ އަގެވެ. 

މޯލްޑިވިއަންގެ މި ޕްރޮމޯޝަނަލް ފެއާގެ ދަށުން އެންމެ ފުރަތަމަ ޓިކެޓް އަގުހެޔޮކުރި 8 މަންޒިލަކީ؛

ސ. ގަމަށް - 1،222ރ.

ފުވައްމުލައް - 1،155ރ.

ގދ. ކާޑެއްދޫ - 1،333ރ.

ގއ. ކޫއްޑޫ - 1،111 ރ.

ލ. ކައްދޫ - 1،055ރ.

ނ. މާފަރު - 999ރ

ރ. އިފުރު - 999ރ.

ހދ. ހަނިމާދުއަށް - 1،111ރ. އެވެ.

މި އަގުތަކަކީވެސް އެއްކޮޅު ޓިކެޓުގެ އަގެވެ.

މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި މޯލްޑިވިއަންގެ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ޓިކެޓް ނަގާ ބުކް ކުރެވޭނެއެވެ. އަދި މޯލްޑިވިއަން އޮފީސް މެދުވެރިކޮށްވެސް ޓިކެޓް ނެގުމުގެ ހިދުމަތް ލިބިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.  އަދި މޯލްޑިވިއަންގެ އަމާޒަކީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލަކަށްވެސް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.