ބިސް
ހަބަރު
15 Mar 2024 | 09:47
ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމުގައި ސަމާލުވާންވީ ކަންކަން ކިޔައިދީފި

ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި އަދި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ހާއްސަ ސަލާމުކަމެއް ދޭން އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެގޮތުން އެމްއެފްޑީއޭ އިން ސަމާލުކަންދިނުމަށް އެދުނު ކަންތައްތަކަކީ:

1) ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން

2) ފިނިކޮށް (އައިސް އަލަމާރީގައި) ބަލައްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން

3) ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުން. އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން

4) ރެނދުލާފައި ހުންނަ ބިސް ނުގަތުންބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުން

5) ބިސް ދޮވެގެން ބޭނުން ނުކުރުން (ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލްވުމަށް މަގުފަހިވޭ)

6) އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން އައިސް އަލަމާރީގައި ބިސް ރައްކާކުރުން

7) ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުން އަދި އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ނުބެހެއްޓުން

ބިހަކީ ރޯދައާއި ދިމާކޮށް ގިނަ ގޭގެއަށް ކޭހުން ގަނެ ރައްކާކޮށްފައި ހުންނަ އެއްޗެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.