ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Mar 2024 | 10:04
ދިވެހިންގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: ރައީސް

ދިވެހީންގެ ސަރަހައްދު ދިވެހިން އަމިއްލައަށް ބެލެހެއްޓުމަކީ އެކަމާއި އެހެން ބަޔަކު ކަންބޮޑުވާނެ ޖެހޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި އެމްއެންޑީއެފްގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ޑުރޯން އިފްތިތާހު ކުރުމަށް ނ. މާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަމިއްލަ ސިޔާދަތީ ބާރު މި ސަރަހައްދަށް ހިނގަން ޖެހޭނެ ކަމަށާއި ދިވެހީންގެ ސަރައްހަދު ދިވެހީން ބަލަހައްޓާތީ، އެކަމާއި މެދު ބަޔަކު ކަންބޮޑުވާނަމަ އެއީ އަދި މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އަމިއްލަ ސިޔާދަތީ ބާރު އަޅުގަނޑުމެންގެ ސަރަހައްދަށް ހިނގަން ޖެހޭނެ ގައުމެއް. އެހެންވީމަ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. ކަންބޮޑުވާނަމަ އެއީ އަދި އަޅުގަނޑުމެން މާ ކަންބޮޑުވާން ޖެހޭ ކަމެއް."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެ އަކީ ވަރަށް ކުޑަ ގައުމެއް ކަމަށް އަމިއްލަ އަށް ގަބޫލްކުރަމުން އައި އައުމަކީ ރަނގަޅުގޮތެއް ނޫންކަމަށާއި، ނުވަ ލައްކަ އަކަ ކިލޯމިޓަރަށްވުރެ ބޮޑު ކަނޑުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއް ހިމެނޭ މި ގައުމަކީ ވަރަށް ބޮޑު ގައުމެއް ކަމަށެވެ. އަދި އަމިއްލަ ބާރުވެރިކަމެއް ނެތިގެން މީގެ ކުރިން މި ސަރަހައްދު ނުބެލެހެއްޓި އޮތް އޮތުމަކީ ކޮންމެހެން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި، މިއަދު ބުރަ މަސައްކަތުން މި ބޮޑު ގައުމުގެ މި ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ނިއުމަތްކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ދިފާއުކޮށް ހިމާޔަތްކުރުމަކީ ދިވެހިންނަށް ލިބިފައިވާ ހައްގެއް ކަން އެއީ ކޮންމެ ދިވެއްސަކު ވެސް ގަބޫލްކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި މި ގައުމުގެ ކޮންމެ މީހަކީވެސް އެންމެ ފުރަތަމަ ދިވެއްސެއް ކަމަށާއި، ފިކުރުގައި ކޮންމެ ކަހަލަ ތަފާތުކަމެއް ހުރި ނަމަވެސް އިސްކުރަންވީ ދިވެހި ވަންތަކަން ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.