ވަޒީރު މުހައްމަދު ޣައްސާން މައުމޫން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Mar 2024 | 11:48
ޑްރޯންތަކާއި އެކު ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ: ވަޒީރު ޣައްސާން

ޑްރޯންތަކާއި އެކު ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އެޑްވާންސް ޑްރޯންއާއި ދިވެހި އެއާ ފޯސް އިފްތިހާހު ކުރުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޤާއިމުކުރެވުނު ނިޒާމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ޤައުމުގެ މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރާނީ ސީދާ ރާއްޖޭގެ ދިފާޢީ ބާރުންކަމަށެވެ.

މިއަދު އަސްކަރިއްޔާ އަށް ރައީސް ޑރ.މުއިއްޒުގެ ބުރަ މަސައްކަތްޕުޅުން ހޯއްދަވައިދެއްވި މި ޑްރޯންތަކަކީ ދުނިޔޭގައި މިހާރު ކުރިއަރާފައިހުރި ޤައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓޭޑް ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް ކަމަށާއި މިއީ ސާވޭލަންސާއި ސާޗް އެންޑް ރެސްކިއުއަށް ފޯކަސްކުރާ އިރެއްގައި ވިޔަސް ދިމާވާ ހާލަތަކުން ރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރުހުރި ހަތިޔާރެއްކަމަށް ވަޒީރު ޣައްސާން ވިދާޅުވިއެވެ.

"މިއަދު އަސްކަރިއްޔާއަށް، ކޮމަންޑަރ އިންޗީފްގެ އިސްނެންގެވުމަށް ކުރެއްވި ބުރަ މަސައްކަތުން މިހޯއްދަވާދެއްވީ މިފަދަ ވަޞީލަތެއް. ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ނިޒާމެއް. ދުނިޔެގަ މިހާރު ކުރިއަރާފައިހުރި ޤައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓޭޑް ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް."

ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ޑްރޯން ގެ އިތުރުންވެސް ރޭގައި ތައާރަފްކުރެވިގެން ދިޔަ އެއަރ ކޯގެ ހިދުމަތަކީ ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށްވެސް ތާރީޚީ މަސައްކަތެއްކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބުރަ މަސައްކަތުން ގެނެވުނު ތާރީޚީ ދުވަހެއްކަމަށެވެ.

މިއަދު ހަނގުރާމަ ކުރެވޭގޮތް ބަދަލުވެއްޖެކަމަށާއި އެއްޤައުމުން އަނެއް ޤައުމު އަޅުވެތިކުރުން ނިމުމަކަށް އައިސްފައިވީނަމަވެސް އެއްޤައުމުން އަނެއް ޤައުމުގެ އިސްތިޤުލާލަށް ބާރުފޯރުވަމުންދާ މަންޒަރު ފެންނަކަން ފާހަގަކުރައްވާ ޣައްސާން ވަނީ ރާއްޖެއިން އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.