މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ކޮމެޓީ ގައި ހިމެނޭ ފަސް މެންބަރުން-- ފޮޓޯ: މިނޫސް
ހަބަރު
16 Mar 2024 | 13:12
ހައުސިން ކޮމިޓީގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް އިތުރު ކޮމެޓީއެއް އުފައްދައިފި

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އުފެއްދި "ހައުސިން ކޮމިޓީ"ގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް އިތުރު ކޮމެޓީއެއް ހައުސިން މިނިސްޓަރު މިނިސްޓަރު ޑރ. އަލީ ހައިދަރު އުފައްދަވައިފިއެވެ.

މި ކޮމިޓީ އަކީ، މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ މިިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސްގެ މަޝްވަރާގެ މަތީން މާލެ ސިޓީގެ ފަސް ކައުންސިލަރުން ހިމެނޭ ކޮމެޓީއެއް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.

މި ކޮމިޓީގައި ހިމެނޭ 5 މެމްބަރުންނަކީ: 

1) މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް

2) އާއިޝަތު ނިޒްލީ ރަޝީދު

3) އަހްމަދު އައިފާން

4) ހަސަން ނިޒާމް

5) މުހައްމަދު އަރީޝް

މި ކޮމެޓީގެ ފުރަތަމަ ބައްދަލްވުން މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު،  ކޮމެޓީގެ ސެކްޓްރިއޭޓް ބަލަަހައްޓާނީ އެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިންނެވެ.

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް، އުފެއްދި "ހައުސިން ކޮމިޓީ" ގައި ވެސް އުފެއްދީ ފަސް މެންބަރުން ހިމެނެއެވެ. އެއީ:

1) އަނީސާ އަހްމަދު

2) އާމިނަތު އީނާސް

3) އަހްމަދު އަލީ މަނިކު

4) އަބްދުލްއަޒީޒް ޔޫސުފް

5) މަރިޔަމް ފިޒާނާ ރަޝީދު

އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާއިރު  ކޮމެޓީގެ ޗެއާ އަކީ އަނީސާ އަހްމަދެވެ. ވައިސް ޗެއާ އަކީ އަބްދުލްއަޒީޒް ޔޫސުފް އެވެ. 

މިފަދަ ކޮމިޓީ އެއް ސަރުކާރުން އުފެއްދުމުގެ ބޭނުމަކީ ކުރީ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގައި، ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމުންނެވެ.

މިދިޔަ ސަރުކާރުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން، ދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލި އިރު އޭގެ ތެރެއިން 12،000 މީހުންނަށް ފްލެޓް ލިބޭ ކަމަށް ކަނޑައަޅައި، ފުރަތަމަ ފްލެޓް ދޭން ނިންމީ 4000 މީހުންނަށެވެ. ކުރީ ސަރުކާރުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ހިނގި މި މަރުހަލާގައި، ވެރިކަން ނިމުނުއިރު ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް އޮތީ އެމީހުންނަށް ދީފަ އެވެ. 

ނަމަވެސް، މިކަމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅުމުން، ފްލެޓް ދިނުން ހުއްޓުވައި، ޕޯޓަލްގެ އެކްސެސް ވެސް ވަނީ އޭސީސީގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. މި މައްސަލަ އާއި ގުޅިގެން އޭސީސީން ބުނީ  ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 59.6 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.