އާސަންދައިގެ ހިދުމަތްދޭ މަރުކަޒެއް-- ފޮޓޯ: ވޮއިސް
ހަބަރު
16 Mar 2024 | 14:00
ދައުލަތުގެ ޚަރަދުގައި އައިވީއެފް ހެދުމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި

އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައިޔޫއައި އަދި އައިވީއެފް ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ އެހީއަށް އެދޭ ފަރާތްތަކަށް އިއްޔެއިން ފެށިގެން މޭ މަގުގެ 15 ވަނަދުވަހާއި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އެންސްޕާއިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށާއި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތަކުގެ ތެރެއިން އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށްކަމަށެވެ. 

އެންސްޕާއިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެދޭ ފޯމު އެ އެޖެންސީ އާއި އާސަންދައިގެ ކައުންޓަރުގެ އިތުރުން، އެ ދެ އިދާރާގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށެވެ.  ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އެ އެޖެންސީގެ ކައުންޓަރުތަކަށް ކަމަށާއި އީމެއިލް މެދުވެރިކޮށްނަމަ، އެންސްޕާގެ މެއިލް އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 އަށް ވެސް ފޯމު ހުށައެޅޭ ކަމަށް އެ އެޖެންސީ އިން ބުނެއެވެ.

އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ 5 ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން، ނުވަތަ އިތުރު މަޢުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން، އެސް.އެމް.އެސް ނުވަތަ އީމެއިލްގެ ޒަރީއާއިން ފޯމު ހުށަހެޅި ފަރާތަށް އަންގާނެ ކަމަށާއި، ފޯމު ފުރިހަމަކުރުމަށްފަހު، އެޖެންސީއަށް ފޯމު ބަލައިގަންނަތާ ރަސްމީ 15 ދުވަހުގެ ތެރޭގައި، ޝަރުޠުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި ފަރާތަށް އަންގާނެ ކަމަށް ވެސް އެންސްޕާއިން ބުނެއެވެ.

އެންސްޕާއިން ބުނީ ފޯމު ހުށަހެޅުމަށް ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ 15 މެއި 2024 އިން ފެށިގެން ރަސްމީ 30  ދުވަހުގެ ތެރޭގައި، "އައި.ވީ.އެފް" ގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު ފަރާތްތަކަށް މިކަން އެސް.އެމް.އެސް ނުވަތަ އީމެއިލްގެ ޒަރީއާއިން އަންގައި، އެފަރާތްތަކުގެ ޒާތީ މަޢުލޫމާތު ހާމަނުވާނެފަދަ ގޮތަކަށް، މި ލިސްޓު އާއްމުކޮށް ޝާއިޢު ކުރެވޭނެ ކަމަށެވެ.

މިއަހަރު އެހީ ހަމަނުޖެހޭ ފަރާތްތަކަށް، ފޯމު ހުށަހެޅުމަށް 2025 ވަނަ އަހަރު ހުޅުވާލުމުން އެހީއަށް އެދުމުގެ ފުރުސަތު އަލުން އޮންނާނެ ކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.