ހަބަރު
17 Mar 2024 | 14:21
ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ޑައުންލޯޑުކުރި މައްސަލައެއްގައި ފިރިހެނެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއާއި ފޮޓޯ ޑައުންލޯޑުކުރި މައްސަލައެއްގައި 32 އަހަރުގެ މީހަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ މިހާރަކަށް އައިސް އޮރިޔާން މަންޒަރު ވީޑިއޯކޮށް ބްލެކްމެއިލް ކުރާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި ރަށްޓެހިވެގެން އުޅޭއިރު ނަގާފައި ހުންނަ ބަރަހަނާ މަންޒަރު ދައްކައިދޭ ފޮޓޯއާއި ވީޑިއޯ ބޭނުން ކޮށްގެން ބްލެކްމެއިލް ކުރާ މައްސަލަތައް ގިނައިން ފާހަގަކުރެވެމުންދާ ކަަން ފާހަގަކޮށްފައި ވެއެވެ. 

ހަމަ އެހެންމެ، ވީޑިއޯ ކޯލްކޮށްގެން ބަރަހަނާ ވުމާއި ފަހުން، އެ ވީޑިއޯ މެދުވެރިކޮށް ބްލެކްމެއިލް ކުރުމާއި، އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖުކޮށް، ގެސްޓް ހައުސް ތަކުން ބައްދަލު ކުރަން ދިޔުމުމް ގަދަކަމުން ބަރަހަނާކޮށް، ފޮޓޯ ނަގައިގެން ބްލެކްމެއިލް ކުރާ މައްސަލަތައްވެސް ރިޕޯޓް ކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް ޑައުންލޯޑުކުރި މައްސަލައެއްގެ މައުލޫމާތު ބޭރުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަކުން ފުލުހުމްނަށް ދީފައިވާ ކަމަށް ބުނެފައިއެވެ. އަދި އެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމާއި ގުޅިގެން ދެ މައްސަލައެއްގެ ތަހުގީގު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. 

އޭގެ ތެރެއިން އެއް މައްސަލައިގެ ތަހުގީގު ނިންމައި ނިމިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ޕީޖީ އޮފީހަށް ހުށަހަޅާފައުވާ ކަމަށާ އެ މައްސަލާގައި ދައުވާ ކުރަން ފޮނުވީ 32 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ އޭގެ ދެވަނަ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށެވެ. 

އެ މައްސަލައިގެ ތަފްސީލް ހިއްސާ ކުރައްވަމުން ފުލުހުންގެ ކްރައިމް އެންޑް އިންވެސްޓިގޭޝަން ޓީމުން އިތުރަށް ބުނީ އެ މައްސަލާގައި ޑައުންލޯޑުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ކުދިންގެ އުމުރުފުރާއަށް ބަލާއިރު 2 އަހަރުކަމަށް ބެލެވޭ ކުދިންނާއި ހަމައިން ފެށިގެން 18 އަހަރާ ދެމެދުގެ އެކި އުމުރުފުރާގެ ކުދިންގެ ވީޑިއޯއާއި ފޮޓޯ ޑައުންލޯޑުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ރާއްޖެއަށް ނިސްބަތްވާ ސިމްކާޑުތަކާއި އައިޑީތައް ބޭނުންކޮށްގެން ޑައުންލޯޑުކުރާ މައްސަލައަކީ ފުލުހުންގެ ޚިދުމަތުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ. 

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ފުލުހުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ފުލުހުންގެ ތެރެއިން އެފަދަ މައްސަލަތައް ތަހުގީގުކުރާ އޮފިސަރުންނަށް އިތުރު ތަމްރީނުތައް ދިނުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމުގައި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.