ބާ ކައުންސިލގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ހުސައިން ސިރާޖް-- ފޮޓޯ: އެމްއައިއޭސީ
ހަބަރު
18 Mar 2024 | 09:59
ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ސިރާޖު އިންތިހާބުކޮށްފި

ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ހުސައިން ސިރާޖު އިންތިހާބުކޮށްފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވުމުގެ އިންތިހާބުގައި، މިމަގާމަށް ސިރާޖު އާއި އެކު މުހައްމަދު ފައިސަލް ވެސް ވަނީ ކުރިމަތިލައްވާފައެވެ. އެގޮތުން ސިރާޖަށް 224 ވޯޓު ލިބިވަޑައިގެންފައިވާއިރު،  ފައިސަލަށް ލިބިވަޑައިގަތީ 172 ވޯޓެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ބޭފުޅަކު އައްޔަނުކޮށްފައިމިވަނީ ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލް ވިޝާމް މިދިޔަ ޖެނުއަރީ މަހު ކުއްލިގޮތަކަށް އަވަހާރަވުމާއި ގުޅިގެންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މޯލްޑިވްސް އިންޓަނޭޝަނަލް އާޓިބިޓްރޭޝަން ސެންޓަރ (އެމްއައިއޭސީ) ގެ ވައިސް ޗެއާމަން ގެ މަގާމަށް ވެސް އައްޔަނުކުރި ސިރާޖަކީ މަދަނީ ބޮޑެތި މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާ މަޝްހޫރު ގާނޫނީ ވަކީލެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މި އިންތިހާބުގައި ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރު ކަމަށްވެސް ބޭފުޅަކު އިންތިހާބުކޮށްފައި އެވެ.މެމްބަރުކަމަށް ކުރިމަތި ލެއްވި ޝިފާއު އެކަނި ކަމުން އެމަގާމަށް ޝިފާއު އިންތިހާބު ކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ. އެގޮތުން 248 މެމްބަރަކު ފެންނަކަމަށް ވޯޓް ދިން އިރު، 88 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.
03 Jul 2026
ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް
އެގޮތުން ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.
03 Jul 2026
ވ. ތިނަދޫ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.
03 Jul 2026
ވަޒީރު އެދިވަޑައިގަތީ ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރުމަށް
ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
03 Jul 2026
ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި
އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ
03 Jul 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށެވެ.
03 Jul 2026
ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނިޓުގެ 'ބަފަރ ޓައިމް'
ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.