މޯލްޑިވްސް ޒަކާތު ހައުސް ގެ ވެބްސައިޓް ލޯންޗުކުރުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
19 Mar 2024 | 10:05
މިދިޔަ މަހު އެހީގެ ގޮތުގައި ޒަކާތު ހައުސް އިން 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން ކުރިއަށްގެންދަން އުފެއްދި "މޯލްޑިވްސް ޒަކާތު ހައުސް" އިން، މިއަހަރުގެ ފެބްރުއަރީ މަހު އެހީގެ ގޮތުގައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފިއެވެ.

ޒަކާތު ހައުސް އިން ބުނީ ފެބްރުއަރީ މަހު ދޫކުރެވިފައިވާ އެހީގެ ތެރޭގައި ޖަނަވަރީ މަހު ވެސް އެހީ ދޫކުރެވުނު ފަރާތްތައް ހިމެނޭ ކަމަށެވެ.

ޒަކާތު ހައުސް އިން ހާމަކުރި އެއިދާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޒަކާތު ހައުސް އިން މައިގަނޑު ތިން ކަމަކަށް ވަނީ އެހީދީފައެވެ. އެއީ ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ، ޟަރޫރީ އެހީ އަދި އެ އިދާރާއިން އެހެނިހެން ކަންކަމަށް ހިނގާފައިވާ ޚަރަދެވެ.

ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ޒަކާތު ހައުސް އިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަކީ 829،948.10 ރުފިޔާ އެވެ. މިއަދަދުގެ ތެރެއިން އެއިދާރާއިން 69 ފަރާތަކަށް އެހީގެ ގޮތުގައި ޖުމްލަ 740،805.79 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. 

މިގޮތުން ފަޤީރުންނާއި މިސްކީނުންނަށް ދީފައިވާ ބޭސްފަރުވާގެ އެހީގައި:

1) ކެންސަރު ފަރުވާ- 245،948.50 ރުފިޔާ

2) ހިތުގެ އޮޕަރޭޝަން- 16،962 ރުފިޔާ

3) ޓްރާންސްޕްލާންޓް- 76،329 ރުފިޔާ

4) ސިކުނޑީގެ އޮޕަރޭޝަން- 16،962 ރުފިޔާ

5) އެހެނިހެން- 473،746 ރުފިޔާ

ޟަރޫރީ އެހީގެ ގޮތުގައި އެ އިދާރާއިން 7،200 ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، މިކަމަށްޓަކައި ޖުމްލަ 12،750 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެއިދާރާގެ ތަފާސްހިސާބު ތަކުން ދައްކައެވެ.

މީގެ އިތުރުންވެސް އެއިދާރާއިން އިސްލާމް ދީން ކުރިއެރުވުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ތަފާތު ޕްރޮގްރާމް ތަކަށް ވެސް އެހީގެ ގޮތުގައި ފައިސާ ދޫކޮށްފައެވެ. އެގޮތުން ޖަލްސާ އަދި ސެމިނަރ ފަދަ ކަންތަކަށް 93،761.61 ރުފިޔާ ދޫކޮށްފައިވާއިރު، ދީނީ އެކި އެކި ޕްރޮގްރާމްތައް ހިންގުމަށް 374،950.28 ރުފިޔާ ވަނީ ދޫކޮށްފައެވެ

ހަމަމިއާއިއެކު، ތަފާސްހިސާބުތައް ދައްކާގޮތުން ޒަކާތުގެ މަަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުއައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން 192،432.81 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އިފްތިތާހް ކުރެވިގެން ދިޔަ ޒަކާތު ހައުސް ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.