ޑީޖޭއޭ-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ހަބަރު
19 Mar 2024 | 13:16
ފަހު ދިހައެއްގައި އޮފީހަށް ހާޒިރުވެ ކުރާ މަސައްކަތްތަކަށް ރަސްމީ ބަންދު ދުވަހު ދޭ އުޖޫރަ ދެވޭނެ: ޑީޖޭއޭ

މި ރަމަޟާން މަހުގެ ފަހު 10 ގައި އޮފީހަށް ހާޒިރުވެ ޝަރުއީ މުއައްޒަފުން ކުރާ މަސައްކަތްތަކަށް ރަސްމީ ބަންދު ދުސްތަކުގައި ކުރާ މަސައްކަތްތަކަށް ދޭ ނިސްބަތުން އިތުރު ގަޑީގެ ފައިސާ ދެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ރަމަޟާން މަހުގެ ފަހު 10 ގައި ޑީޖޭއޭ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކާއި ގުޅޭ ގޮތުން އެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބިޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން، އެ ދުވަސްތަކުގައި މުވައްޒަފުން އާންމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭނެ ކަމަށެވެ.

އެހެންކަމުން ރޯދަ މަހުގެ ފަހު 10 ގައި ވީހާވެސް މަދު ދުވަސްތަކެއްގައި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން ނެރެގެން ޚިދުމަތްތައް ދިނުމަށް އިސްކަން ދެވޭނެ ކަމަށާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން މި ދުވަސްތަކުގައި އޮފީހަށް ހާޒިރުވެ ކުރާ މަސައްކަތަށް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް ދޭ ނިސްބަތުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭ ގެ ބަޔާނުގައި ވެއެވެ.

ފަހު 10 ގައި ޑީޖޭއޭ އިން މައިގަނޑު ގޮތެއްގައި ދެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެއީ ކުށާއި ދަރަނީގެ ރިކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތާއި، ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކުރުމުގެ ޚިދުމަތެވެ. 

ޑީޖޭއޭ އިން ބުނީ މިފަދައިން ނިންމާފައިވަނީ، ބަންދު ދުވަސްތަކުގައިވެސް ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދޭތީ އާއި، ކުރިއަށް އޮތީ ޢީދު ބަންދަށްވެފައި، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.