ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލު ކުރުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
20 Mar 2024 | 13:29
ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

 ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ތިން އަހަރަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ސީސީސީސީ ކުންފުންޏާއި އެވެ.

ބްރިޖުގެ މެއިންޓެއިނެނެސް ގެ މަސައްކަތް ޗައިނާ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ޗައިނާއަށް ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވޮންގ ލީޒިންގއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މެއިންޓެނަންސް މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރާ މުއްދަތު ނިމުމުން އެކަމާ ހަވާލު ވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް, ދިވެހި ޓީމުގެ ބެލުމުގެ ދަށުން އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޓީމަށް ބޭނުންވާ ހުރިހާ ތަމްރީނުތައް ހިންގާނީ ސިނަމާލެ ބްރިޖު މެއިންޓެނަންސް މަސައްކަތްތައް ކުރުމުގެ ތެރެއިން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބްރިޖްގެ މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ ބްރިޖް އިންޖީނިއަރިން, ރޯޑް އިންޖީނިއަރިން, އިލެކްޓްރޯ މެކޭނިކަލް, ޓްރެފިކް ސޭފްޓީ, ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖު މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

ބްރިޖު މެއިންޓެނެންސް މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:

1) މިހާރު ދިމާވެފައި ހުރި މަރާމާތުތައް ދެނެގަނެ ހައްލުކުރުން

2) ޕްރިވެންޓިވް މެއިންޓެނަންސް

3) މެއިންޓެނަންސް މަސައްކަތުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހެދުން

4) މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާއި ގުޅޭ އެސެސްމަންޓްތައް ހެދުން

5) ބްރިޖުގެ އެކި ކޮމްޕޯނެންޓްތައް ބޭނުންވާ މަރާމާތުތައް ދެނެގަނެ ރޫޓީން މެއިންޓެނަންސް މަސައްކަތްތައް ކުރުން

6) މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ޓެކްނީޝަނުންގެ ގާބިލުކަން އުފެއްދުން

މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ،  އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި ރާއްޖޭގައި އޭގެ ކެޕޭސިޓީ އިތުރުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށާއި މިއީ ބްރިޖް މެއިންޓެނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާދެމެދު މިދިޔަ އަހަރުގެ އޭޕރިލް މަހުގެ 2 ވަނަ ދުވަހު ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މިނިސްޓަރ މުއްޠަލިބް ވަނީ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް ކުރުމަށް ދިވެހި ޓެކްނީޝަނުން ތައްޔާރުކޮށް ބޭނުންވާ ތަމްރީނު ވެސް ދޭނެކަން ފާހަގަކުރައްވާފައެވެ.

"ދިވެހި ޓެކްނިޝަނުން ތައްޔާރުކޮށް ބޭނުންވާ ޓްރެއިނިންތައް ދޭނެ. މި އެއްބަސްވުން ނިމުމުން ބްރިޖުގެ މެއިންޓެނަންސް މަސައްކަތަށް ހަވާލުވެވޭ ފެންވަރަށް ދިވެހިން ބިނާކުރުމާއި ދިވެހިންގެ ބެލުމުގެ ދަށުން މެއިންޓެނަންސްގެ މަސައްކަތް ކުރުމަށް ދިވެހިން ޓްރެއިން ކޮށްދިނުން ހިމެނޭ. މި މަސައްކަތަށް ދިވެހިން ޓްރެއިން ކުރާއިރު ހުރިހާ ތަމްރީނެއް ލިބޭނީ ބްރިޖުގައި އެ މަސައްކަތް ކުރާއިރު އެ ތަނުން"

މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިނިސްޓަރު މުއްޠަލިބް ވަނީ، ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ނަމަވެސް އޭގެ ފަހުން އައި ތިން އަހަރު ކޮންޓްރެކްޓް އާ ނުކުރާ ކަމަށާއި މެއިންޓެނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.