ޕްރޮސެކިއުޓާ ގެނެރަލް ހުސެން ޝަމީމް
ހަބަރު
21 Mar 2024 | 08:52
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ރޯދަމަހު ބައްދަލުވުންތަކުގައި ފޯނު ބޭނުންކުރުން މަނާ!

އޮފީހުގައި އުޅޭއިރު މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން ރޯދަމަހު ޕީޖީ އޮފީހުގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާ ކޮއްފިއެވެ.

މަސައްކަތުގެ މާހައުލުގައި ޕޯނާއި ނުލައި އުޅެން ދަސްކުރުމުގެ ގޮތުން އޮފީހުގައި ބާއްވާ މީޓިންތަކަށް ފޯނު ވެއްދުން މަނާ ކުރި ކަމަށް ޕީޖީ ޝަމީމްގެ ބްލޮގެއްގައި އެނާ ލިޔުއްވާފިއެވެ. މި ކަމުގެ ސަބަބުން އޮފީސް ބައްދަލުވުން ތަކުގައި ދެކެވޭ ވާހަކަތަކާއި އޮފީހުގައި ކުރާ މަސައްކަތަށް ސަމާލުކަން ދީގެން ރަނގަޅަށް ކުރުމަށް މަގުފަހި ވެގެން ދާނެކަމަށާއި އަދި ފެންވަރު ރަނގަލު ހިދުމަތެއް އާމުންނަށް ފޯރުުކޮއްދިނުމަށް މަގުފަހިވާ ކަމެއްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މޯބައިލް ފޯނު ގެންގުޅުން މަނާ ކުރީ އޮފީސް ލައިނުން ކޮންމެހެން ގުޅަން ޖެހޭ މީހަކަށް ގުޅުމަށް އެ ފުރުސަތު މުވައްޒަފުންނަށް ދިނުމާއި އެކު އިންޓަނެޓް އޮފީސް ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕުން ބޭނުން ކުރެވޭނެ ގޮތް ހަދާފައި ކަމަށް ވެސް ޕީޖީ ޝަމީމް އެ ބްލޮގްހައި ލިޔުއްވާފައިވެއެވެ.

މިކަން ކާމިޔާބު ވެއްޖެ ނަމަ ރޯދަމަސް ނޫން މަސްތަކުގައި ވެސް ޕިޖީ އޮފީހުގެ މުވައްޒަފުން އަަމަލު ކުރާނީ އެ ގަވާއިދަށް ކަށެވެ. އަދި ފިރިހެން މުވައްފަުން އޮފީހަށް ހާޒިރުވާއިރު ޓައީ ނަޅާ އޮފީހަށް އަންނަ ގޮތް ވެސް ހަދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މިދިޔަ އަހަރު ޕީޖީ އޮފީހުގެ މުވައްޒަފުން ހަފުތާ އަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ހަމަ ޖެއްސި ކަށާއި ނަމަވެސް މި ރޯދަ މަހު ހަމަ ޖައްސާފައި ވަނީ ރޯދަ މަހުގެ ފަހު 10ގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށްށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.