އީޔޫ އާއި ޔޫއެންޑީޕިއާއެކު ރާއްޖެއިން އެއްބަސްވުމުގައި ސޮއި ކުރުން— ފޮޓޯ/ އޭޖީ އޮފީސް
ހަބަރު
21 Mar 2024 | 10:40
އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް އީޔޫއާއި ޔޫއެންޑީޕީއާއެކު ރާއްޖެއިން އެއްބަސްވެއްޖެ

ރާއްޖޭގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އަދުލުއިންސާފުގެ ނިޒާމު ހަރުދަނާކުުރުމަށް "އެކައުންޓަބިލިޓީ އެންޑް އިންޓެގްރިޓީ މެޓާސް އެއިމް ޕްރޮޖެކްޓް" ފެށުމަށް އީޔޫ އާއި ޔޫއެންޑީޕީ އާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމާއި ގުޅިގެން އީޔޫއިން ބުނެފައިވާގޮތުން، ގާތްގަޑަކަށް 5،000،000 ޕައުންޑްގެ މި ޕްރޮޖެކްޓަކީ އީޔޫ އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަލްޓި އިޔާ އިންޑިކޭޓިވް ޕްރޮގްރާމާއި ޔޫއެންޑީޕީ ކަންޓްރީ ޕްރޮގްރާމްއާ އެއްގޮތްވާ ގޮތުގެ މަތިން އީޔޫގެ ޚަރަދުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮޖެކްޓެކެވެ.

އީޔޫއިން ބުނިގޮތުގައި މި ޕްރޮޖެކްޓުގެ ކުރިއަށް ގެންދަނީ މައުގަނޑު ދެ އަމާޒަކަށް ވާސިލް ވުމަށެވެ. އެއީ؛

1) އަދުލުއިންސާފުގެ ނިޒާމު ހަރުދަނާކޮށް، ޝާމިލް ނިޒާމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން.

2) ނިޒާމީ ގޮތެއްގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ތަންފީޒީ އިދާރާތައް ބާރުވެރިކުރުވުމާއި ރައްޔިތުންގެ މެދުގައި މި ނިޒާމަށް އޮތް އިތުބާރު ބޮޑުކުރުން

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވަނީ ޑިމޮކްރެޓިކް އުސޫލުތައް ނެގެހެއްޓުމާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގައި އެންމެން ޝާމިލުވާ އަދުލުއިންސާފުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

އަދި ޔޫއެންޑީޕީއާއި އީޔޫގެ އެހީއަކީ މި ނިޒާމު ފުރިހަމަކުރުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި އުޝާމް ވިދާޅުވިއެވެ.

މި އެގްރިމެންޓްގެ ދަށުން ތަންފީޒުކުރެވޭ ޕްރޮޖެކްޓްގެ ތަންފީޒީ އިދާރާތަކުގެ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހާއި، ޖުޑީޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.