މާފުށިން އަލަށް ހިއްކި ބިން-- ފޮޓޯ: އެމްޓީސީސީ
ހަބަރު
23 Mar 2024 | 09:50
މާފުށީގެ އަލަށް ހިއްކި ބިމުން ރެކޯޑް އަގެއްގައި ބިން ވިއްކަން ހުޅުވާލައިފި

ކ.މާފުށީގެ ދެކުނު ފަރާތުން އަލަށް ހިއްކި ބިމުން ގޯތިތަކެއް ވިއްކަން ނިންމައި، ބިން ވިއްކަން ހުޅުވާލައިފިއެވެ.

މާފުށި ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، މާފުށީގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް އެތަނުން 6 ގޯތި ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން، ގޯތި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑުފޮތް ގަތުމަށާއި، ބިޑު ހުށަހެޅުމަށް މާފުށި ކައުންސިލުން ވަނީ ދަޢުވަތު ހުޅުވާލާފައެވެ.

ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ. ކައުންސިލުގެ ބިޑު ޑޮކިޔުމަންޓުގައިވާ ގޮތުން، މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000 ރުފިޔާ އަށް ވާއިރު، މިއީ  މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ބިން ވިއްކާ އެންމެ ބޮޑު އަގުކަން ފާހަގަކޮށްލަން ޖެހެއެވެ.

ބިޑު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 24 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 24 އެޕްރީލް 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް އެ ރަށުގެ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ކަމަށް މާފުށި ކައުންސިލުން ކުރި އިއުލާން ގައި ވެއެވެ.

ބިޑުފޮތެއްގެ އަގަކީ 30،000 ރުފިޔާ ކަމަށްވައިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000 ރުފިޔާ ބަހައްޓަންޖެހެ އެވެ. ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ނިންމުމުގެ އިތުރުން، ބިޑް ކާމިޔާބު ކުރާ ފަރާތްތަކުން އެޑްވާންސެއްގެ ގޮތުގައި 50،000 ރުފިޔާ މާފުށި ކައުންސިލަށް ދައްކަން ޖެހެއެވެ.

މާފުށި ކައުންސިލުން ބުނީ ބިޑު ހުށައެޅުމަށް ހަމަޖެހިފައިވަނީ 05 މެއި 2024 ވާ އާދީއްތަ ދުވަހު ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.