މާލޭގެ މަގެއްގެ މައްޗަށް ކުނި އަޅާފައި-- ފޮޓޯ: ވޮއިސް
ހަބަރު
23 Mar 2024 | 10:51
މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އާއި ވިޑިއޯ ފޮނުވޭނެ ގޮތް ހަމަޖައްސައިފި

އާންމުންނަށް އުނދަގޫ ވާނެހެން މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވޭ ގޮތް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މާލެ ސިޓީ ކައުންސިލގެ މޭޔަރު އާދަމް އާޒިމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަކުރެވެމުންދާ ކަމަށް ވިދާޅުވެ، އެފަދަ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ 9341144 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް، އެފަދަ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މޭޔަރު އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދަނީ މާލޭގެ ގިނަ ސަރަހައްދުތަކުން ކުނި ނަގާ ސާފު ކުރަމުންނެވެ. މީގެ އިތުރުންވެސް މަގުމައްޗަށް ކުނި އަޅާނަމަ އެ ކައުންސިލުން އެމީހަކު ހޯދައި، ޖޫރިމަނާ ކުރަމުންދާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މާލޭގެ މަގުމައްޗަށް ކުނި އަޅާ ނަމަ، 500ރ. އިން ޖޫރިމަނާ ކުރާއިރު، ކުނި އެޅުމުގެ ސަބަބުން މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް އައިއިރު، 100 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.