އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ:އެމްޑީޕީ
ހަބަރު
23 Mar 2024 | 12:54
އިމްތިހާނުތަކުގެ ތާރީހު ބަދަލުކޮށް،މަޖިލިސް މެމްބަރުންގެ ބޮލުގައި އެޅުވީ ނާގާބިލުކަން ފޮރުވަން: އެމްޑީޕީ

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް  ކުއްލިއަކަށް ގެނައި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައްތައް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އެޅުވީ މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނީ، 19 މާރިޗު 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އިސްމާއީލް ޝަފީއު ދެއްކެވި ބައެއް ވާހަކަ ތަކާއި ގުޅިގެން އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި އެވެ. އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވައި، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށް ކުރަމުންދާކަމަށެވެ.

"ފުރަތަމަކަމަކަށް ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް މި ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާޤާބިލުކަން ފޮރުވަން ހެއްދެވި އިތުރުފުޅު ކުށްވެރިކުރަމެވެ."

އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ، އެޑިއުކޭޝަން މިނިސްޓްރީން 8 ޖަނަވަރީ 2023 ގައި އާއްމު ކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ 16 މާރިޗްއިން 27 އޭޕްރިލަށް ކަމަށާއި އަދި 27 އޭޕްރިލްގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާރކުކޮށް ދަރިވަރުންގެ ރިޕޯރޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަސް ކަމަށެވެ. މިއީ މުދައްރިސުންނަށް ވަރަށް ބުރަކަމަކަށް ވެގެންދާނެ ކަމަށާއި މިކަމާއި ގުޅިގެން ޓީޗަރުން ޝަކުވާ ކުރަމުން ދިޔަ ކަމަށް ވެސް އެޕާޓީގެ ނޫސްބަޔާނުގައި ވެއެވެ.

މިގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން އެނގިފައިނުވާ ކަމަށާއި، 25 އޭޕްރިލްއަށް އިމްތިހާނުތައް ނިންމުމުގެ މަޤްޞަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. މިހެން ނުހެދޭނެތީ މިހާރު ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފައިވާ ކަމަށް ބުނެ އެޕާޓީން ވަނީ މި "ދެއުޅިއެއްނުވާ" ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންތޯ އެމްޑީޕީން ވަނީ ސުވާލުކޮށްފައެވެ.

އެމްޑީޕީން ބުނީ،ދިރާސީ އަހަރު ކުރުކޮށްހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

ޓީޗަރުންނާ ދޭތެރޭ ވިސްނާ ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެ ކަމަށާއި އިތުރު ހަރަކާތްތައް ވެސް ހުއްޓާލީ ދިރާސީ އަހަރު ކުރުކުރުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެނަށްވެސް އެނގޭ ކަމަށް ބުނެ އެމްޑީޕީން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

މީގެ އިތުރުންވެސް އެމްޑީޕީން ވަނީ އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެތީ އެކަމާއި ކަންބޮޑުވާކަމަށް ބުނެ، ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ގޮވާލާފައެވެ.

ކޮމެންޓް
މުހައްމަދު
ާައެމްޑީީޕީ އޭ މިކިޔާ ލާދީނީ ބައިގަނޑުގެ ބަލާވެރިކަމުންނާއި، މުސީބާތުން އަބަދުގެ އަބަދަށް ސަލާމަތްވެ މި ގައުމު ހަމަމަގުގައި ސާބިތިކަންމަތީ ލަހައްޓަވާންދޭން. ޢަދި އެބައި މީހުންނަށް ހެޔޮވިސްނު ްމިންވަރު ކުރައްވާންދޭ! އާމިން
23 Mar 2024
އަހްމަދް ރަސީދު
ހަޔަރ އެޑިއުކޭސަން ބައެއް ޑެޕިއުޓީން ނަކީ ގުރޭޑް 7 ގެ ފެންވަރުގެ ބޭފުޅުން މުއިއްޒުގެ ތިމާގެ ހުސް ފުޅިން
23 Mar 2024
އަލީ
އިބޫގެސަރުކާރުގެ މިނިއްޓަރުންނަށްވުރެ ޑރމުހައްމަދުމުޢިއްޒުކެބިނަޓު މިނިސްޓަރުންނާޤާބިލްވެގެންތިއުޅުއްވަނީކޮންގޮތަކުންތަ! ތިއީވެރިކަންގެއްލުނީމަކުރާކަމެށްނެތިގެންތެޅިބާލަނީނޫންތަ!
23 Mar 2024
އަލީ
އިބޫގެސަރުކާރުގެ މިނިއްޓަރުންނަށްވުރެ ޑރމުހައްމަދުމުޢިއްޒުކެބިނަޓު މިނިސްޓަރުންނާޤާބިލްވެގެންތިއުޅުއްވަނީކޮންގޮތަކުންތަ! ތިއީވެރިކަންގެއްލުނީމަކުރާކަމެށްނެތިގެންތެޅިބާލަނީނޫންތަ!
23 Mar 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.