ރައީސް ޑރ.މުހައްމަދު މުއިއްޒު--ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Mar 2024 | 13:50
ރިހެބަށް ނުގޮސް މެތަޑޯން ޓްރީޓްމެންޓް ކުރިޔަށް ގެންދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ދޭ ފަރުވާ އެއް ކަމަށްވާ މެތަޑޯން ޓްރީޓްމެންޓް، ރިހެބަށް ނުގޮސް ކުރިއަށް ގެންދެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ރައީސް ގެ ޖަވާބު ޕްރޮގްރާމްގައި، މަސްތުވުމުން ސަލާމަތްވުމަށް ފަރުވާ ހޯދަމުންދާ މީހުން، އެ ފަރުވާ ފުރިހަމަކުރަން ފުރުޞަތު ދިނުމާ ބެހޭގޮތުން މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ނަތާޝާ ވަނީ، އެންޑީއޭގެ ފަރުވާގައި ހުންނަ އިރުވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފިނަމަ، ފަރުވާގައި ހުންނަ ކުއްޖަކުވެސް، ވަޒީފާގައި ހުރުމަށްފަހު ރިހެބަށް ދާންޖެހޭ ކަން ފާހަގަކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް މުއިއްޒު އަށް ދަންނަވާފައެވެ.

ނަތާޝާގެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެ ގޮތަށް އިންތިޒާމް ކުރެވޭނެ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އާދެ އެގޮތަށް ހެދޭނެ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިކަމާއި ގުޅޭގޮތުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކާއި އެކީގައި ވާހަކަދައްކާ ދަންނަވާނަން ތި ވިދާޅުވި ކަންތައް މިހާރަށް ވުރެ ހަރުދަނާކޮށް އެކަމުގައި ޓްރީޓްމެެންޓް އެއްކޮށް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަދައިދިނުމަށްޓަކައި."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިކަމާއި ގުޅިގެން ހަމަޖައްސަން ޖެހޭ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.