ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
25 Mar 2024 | 09:00
މެޖޯރިޓީ ދިނިއްޔާ ފުލެޓާއި ގޯތި ދޭނަމޭ ބުނާއިރު، މިހާރުވެސް އެބޭފުޅުންގެ އަތުގަ ނޫންތޯ މެޖޯރިޓީ އޮތީ؟ ރައީސް މުޢިއްޒު

އެމްޑިޕީން މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދެމެހެއްޓުމަށް އެދެމުން އަންނައިރު މިވީހާދުވަހު ކުރެއްވީ ކޮން ކަމެއްތޯ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް ހަސަން ވަހީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީން ބުނަމުން އަންނަނީ އޭރު ދޭން ބުނި ފްލެޓުތަކާއި ގޯތިތައް އެޕާޓީން ރައްޔިތުންނަށް ދޭނެ ކަމަށާއި އެމްޑީޕީއަށް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދިނުމަށެވެ. ނަމަވެސް މިހާރުވެސް އޮތީ އެމްޑީޕީގެ މެޖޯރިޓީ ކަމަށްވެފައި އެޕާޓީން ވަކި ކުރެއްވީ ކޮން ކަމެއްތޯ ރައީސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

އަޅުގަނޑުމެންނަށް އެބަ އިވޭ، އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބާރަށް ދައްކާ ވާހަކައެއް، ތިމަންނަމެންނަށް މެޖޯރިޓީ ރައްޔިތުން ދެއްވާށޭ، ތިމަންނަމެން އޭރުގައި ދޭން ބުނި ފެލްޓުތަކާއި ގޯތިތައް ދޭނަމޭ. އަޅުގަނޑު ހިތަށްއަރާ، އެބޭފުޅުން އަތުގަ ނޫންބާވައޭ މިހާރުވެސް މެޖޯރިިޓީ އޮތީ. އެ މެޖޯރިޓީ އަޅުގަނޑުމެން ވެރިކަން ފެށިގެން އައި ދުވަހުވެސް އޮތީ އެމްޑީޕީ އަތުގަ. ސުޕަ މެޖޯރިޓީ. ހަތަރު މަސް ވެގެން ދިޔައީ. ހަމަ އެއްކަމެއްވެސް ނުކުރައްވައެއް ނޫންތޯ؟ 

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގައި ތިބީ އިޚުލާސްތެރި ބައެއްނަމަ، މިހާރު ނުވެ އޮތް ކަންތައް ކުރެވެން އަންނަނީ މަޖިލިސް އިންތިހާބުގެ އާ އަޤުލަބިއްޔަތެއް ހޯދައިގެންތޯ ވެސް ރައީސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މީގެ އިތުރުން ފްލެޓުތަކާއި ގޯތިތައް މި ވެރިކަމުގައި ހަވާލުކުރަން ނޫޅޭކަމަށް އެމްޑީޕީން ބުނަމުން އަންނަނަމަ، މިހާރު އޮތް އަގުލަބިއްޔަތުން އެކަން ކުރަންވީނޫންތޯވެސް ރައީސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ. 

އަޅުގަނޑު ވީ ވައުދެއް، ވީ ގޮތަށް އިރާދަކުރެއްވިއްޔާ ފުއްދާނަން. މިހާރުވެސް މި އަންނަނީ ފުއްދަމުން. އަދި ކުރިއަށް އޮތްތާވެސް ފުއްދާނަން. 

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ޤައުމީ ސަލާމަތާގުޅޭ ބޮޑެތި ކަންކަމަށް ހައްލު ގެނައުމަށް އެންމެ އިސްކަމެއް ދިނުމަށްފަހު ދެން އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުން ކަމަށާއި އެކަން އެމަނިކުފާނު ވައިދުވެވަޑައިގެންނެވި ގޮތަށް މި ފަސް އަހަރުގެ ތެރޭގައި ފުއްދަާނެކަމަށެވެ. 

އޭރުގަ އޮތް ސަރުކާރުން، ހަމަ އެބޭފުޅުންނަށް އެއްކަލަ މެޖޯރިޓީ މަޖިލީހުގައި އޮޮވެ، ފަސް އަހަރު ވެގެން ދިޔައިރުގަ ސަރުކާރުވެސް އޮވޭ. މަޖިލިސް ވެސް އޮވޭ. އެ ފަސް އަހަރު ނިމެން ދެތިން މަހަށް / ހަފްތާއަކަށް ވީމަ ދިން ގޯތިތައް ނުވަތަ ދޭން އިއުލާންކުރި ގޯތިތައް. ކުރިން ނުދިން ސަބަބެއް ވެސް އޮންނަން ވާނެތާ. 

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިހުރިހާ ސަބަބުތަކާއެކު ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް މަޖިލީސް އިންތިހާބަކީ، ގައުމުގެ މުސްތަގުބަލު، ރައްޔިތުން އެންމެ އެދޭގޮތަށް ދެމެހެއްޓުމަށްޓަކައި، ވަރަށް މުހިއްމު ގައުމީ ނިންމުމެއް ނިންމަން ޖެހޭ އިންތިހާބެއް ކަމަށެވެ. 

ކޮމެންޓް
އަހްމަދް ރަސީދު
މުއިއްޒާ ދޮގުވެރިޔާ ފްލެލްވެސް ގޯތިވެސް ހިފަހައްތައިގެން ތި ދޮގުހަދަމުން ދަނީ މުއީޒެވެ.
25 Mar 2024
ކަސްތޫރި
ފުލެޓްތައް ހުރީ ކާކުއަތުގަ؟
25 Mar 2024
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.