ވަޒީރު އަހުމަދު ޝިޔާމް -- ފޮޓޯ: ވޮއިސް
ހަބަރު
25 Mar 2024 | 12:06
“ސަރުކާރުގެ އަގުލަބިއްޔަތު ނެތުމުން މަޖިލީހުން ފެންނަނީ ސިޔާސީ ބޭނުމުގައި ސަރުކާރަށް ޖެއްސުން ކުރާތަން”

މަޖިލީހުގައި ސަރުކާރުގެ އަގުލަބިއްޔަތު ނެތުމުން މަޖިލީހުން ފެނިގެންދަނީ ސިޔާސީ ބޭނުމުގައި ސަރުކާރަށް ޖެއްސުން ކުރާތަން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ތިނަދޫ އުތުރު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް ސަޢުދުالله ޙިލްމީގެ ފަރާތުން ރޭ ހުޅުމާލޭގައި ބޭއްވި ޚާއްސަ ތަރަވީހެއްގެ ތެރެއިން އެ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށާއި މި ސަރުކާރަށްވެސް މިއަދު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ގޮންޖެހުންތައް ކުރިމަތި ކުރުވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ އެބައޮތް ވަރަށް ބޮޑު ތަޞައްވުރެއް. އެ ތަޞައްވުރު ހާސިލުކުރުމަށްޓަކައި، އެމަނިކުފާނު އެގެންދަވަނީ ކެނޑިނޭޅި ރެއާއި ދުވާލު މަސައްކަތްޕުޅު ކުރައްވަމުން. އެހެންނަމަވެސް، މިއަދުގެ ހަގީގަތަކީ، ރައީސްުލްޖުމްހޫރިއްޔާ، އަދި މަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. މި ގޮންޖެހުންތަކަކީ މިއަދު، ރައްޔިތުންގެ މަޖިލީހުން ކުރިމަތިކުރުވާ ގޮންޖެހުންތަކެއް

ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިއަދު މި ފެނިގެންދަނީ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު ނެތުމުގެ ސަބަބުން މަޖިލީހުން ސިޔާސީ މަގްސަދު ހާސިލްކުރުމުގެ ބޭނުމުގައި ރައީސް އަށާއި މި ސަރުކާރަށް ޖެއްސުން ކުރަމުންދާ މަންޒަރު ކަމުގައެވެ. އެކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބިިގެންދަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ކަމށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުން ދަރުވާލީ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ، ތަރައްގީގެ ނަމުގަ މިމީހުންގެ ވަތްގަނޑުން ފައިސާ ނަގައިގެން

 ވަޒީރު އަހުމަދު ޝިޔާމް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ގެންނެވި މެނިފެސްޓޯއާއި ތަސައްވުރު ހާސިލުކުރެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ބައްޓަންވާންޖެހޭނެ ކަމަށެވެ. މިހާރު މި އޮތް ހާލަތު ބަދަލުކުރައްވަން ޖެހިފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މިހާރު ޢަމަލުކުރަމުންދާ ލާދުސްތޫރީ ނިޒާމަކަށް ދިވެހިރާއްޖޭގެ ދުސްތޫރު ތަންނުދޭނެ ކަމުގައެވެ.

އެހެންކަމުން ރަށްރަށާއި މާލެއަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަރައްގީގެ މަޝްރޫޢުތައް ބާރަށް ކުރިއަށް ގެންދެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ބައްޓަންކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.