މި ހަމަލާގެ ތުހުމަތު ކުރެވޭ މީހެއް ކޯޓަށް ހާޒިރު ކުރަނީ-- ފޮޓޯ: ޕީބީއެސް
ދުނިޔެ
25 Mar 2024 | 12:04
ރަޝިއާގެ ކޮންސެޓް ހޯލަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ނިރުބަވެރި ކަމުގެ ދައުވާ އުފުލައިފި

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލަށް ހުކުރު ދުވަހުގެ ރޭ ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ 4 މީހެއްގެ މައްޗަށް އެގައުމުގެ ކޯޓުން ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ހަމަލާގެ ޒިންމާ އައިއެސްއިން ނަގާފައިވާއިރު، މިއަދު ކޯޓަށް މި 4 މީހުން ހާޒިރު ކުރި އިރު އޭގެ ތެރެއިން އެކަކު ހާޒިރުކޮށްފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ތަޖަކިސްތާނަށް ނިސްބަތްވާ މި 4 މީހުންނާއި ސުވާލު ކުރުމަށް ކުރިއަށް ގެންދިޔަ ތަހުގީގު ސެޝަން ގެ ތެރެއިން އެމީހުންނަށް ރަޝިއާގެ ސިފައިން އަނިޔާކޮށްފައިވާ ވީޑިއޯ މިހާރު ދައުރުވަމުން އަންނަ އިރު، އެތަނުން އެކަކަށް ކަރަންޓު ޝޮކް ދީފައިވާ ކަމަށް ވެސް ރިޕޯޓް ތައް ބުނެއެވެ.

މިރްޒޯޔެވް އާއި ރަޗަބަލިޒޯޑާ ކަމަށް ކޯޓުން ފާހަގަކުރި ދެ ފިރިހެނުންގެ ލޯ ކައިރި ކަޅުވެފައި ވާއިރު، ރަޗަބަލިޒޯޑާ ގެ ކަންފަތް ވަނީ ވަރަށް ބޮޑަށް ބެންޑޭޖް ވެސް ކޮށްފައެވެ. ދެން މި ހަމަލާގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ފަރީދޫނީ ނަމަކަށް ކިޔާ މީހާގެ މޫނު ވަރަށް ބޮޑަށް ދުޅަވެފައިވާއިރު، ހަތަރުވަނަ މީހާ ކަމަށްވާ ފައިޒޯވް ހޮސްޕިޓަލް ގައުނެއްގައި ކޯޓަށް ހާޒިރުވެފައިވާއިރު، ކޯޓުގައި އޭނާ ހޭނެތިފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ފައިޒޯވް ގެ އެއް ލޯ ނެތް ކަމަށް ވެސް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓް ކުރެއެވެ.

ރަޝިއާގެ ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، މިމީހުންގެ ތެރެއިން މިރްޒޮޔެވް އާއި ރަޗަބަލިޒޯޑާ ވަނީ އެމީހުންގެ ކުށަށް އިއުތިރާފް ވެފައި ކަމަށެވެ.

ބަޑި ހިފައިގެން ތިބި 4 މީހަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ކްރޯކަސް ސިޓީ ހޯލަށް ވަދެ ބަޑިންނާއި އެއްޗެއް ގޮއްވާލައިގެން ހަމަލާ ދޭން ފެށީ ގާތްގަނޑަކަށް 6،000 މީހުން އެތަނުގައި އޮތް ކޮންސެޓެއް ބެލުމަށް އެއްވެ ތިއްބައެވެ. 

މި ހަމަލާގައި މިހާތަނަށް 137 މީހަކު މަރުވެ، 150 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ހެއްކެއް ނެތް ނަމަވެސް ރަޝިއާއިން އަންނަނީ މިކަމުގައި މިކަމުގައި ޔޫކްރެއިން ގެ ޔޫކްރެއިން ބައިވެރިވުން އޮތް ކަމެއް ކަމަށްބުނެ އެ ގައުމަށް ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ މި ތުހުމަތުތައް އިންކާރު ކޮށްފައިވާއިރު، އެމެރިކާއިން ވެސް ވަނީ މިކަމުގައި ޔޫކްރެއިންގެ އަތެއް ނެތް ކަމަށާއި، މިކަމުގެ ފުރިހަމަ ޒިންމާ އައިއެސް އިން ނަގާފައިވާކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ