ރައީސް ޑރ.މުޙައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Mar 2024 | 12:49
ރަޝިއާގައި ދިން ހަމަލާ އާއި ގުޅިގެން ރައީސް ޑރ.މުއިއްޒު އެގައުމަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލަށް ހުކުރު ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ލަޑީމިއާ ޕުޓިން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޑރ.މުއިއްޒުގެ މި ތައުޒިޔާ މެސެޖްގައި އެމަނިކުފާނު ވަނީ، ރަޝިއާގެ މޮސްކޯގައި ދިން މި ޓެރަރިސްޓް ހަމަލާގައި ސަތޭކަ އަށް ވުރެ ގިނަ މައުސޫމް މީހުންގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަހަމްވި ހަބަރު އަޑުއެއްސެވީ ސިހުމާއި ބިރުވެރިކަމާއި އެކުގައި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖެއިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ޓެރަރިޒަމަށް މަގުފަހިވާ އެންމެހާ ކަންކަމާއި ރާއްޖެއިން އަބަދުވެސް ދެކޮޅުވެރިވާނެ ކަމަށެވެ. 

މި މެސެޖް ނިންމަވާލައްވަމުން ރައީސް ޑރ.މުއިއްޒު ވަނީ މި ހަމަލާގެ އަމާޒަކަށްވި އާއިލާތަކަށާއި އާންމު ފަރުދުންނަށާއި ރަޝިއާގެ ސަރުކާރަށް، ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ.

ބަޑި ހިފައިގެން ތިބި 4 މީހަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ރަޝިޔާގެ ކްރޯކަސް ސިޓީ ހޯލަށް ވަދެ ބަޑިންނާއި އެއްޗެއް ގޮއްވާލައިގެން ހަމަލާ ދޭން ފެށީ ގާތްގަނޑަކަށް 6،000 މީހުން އެތަނުގައި އޮތް ކޮންސެޓެއް ބެލުމަށް އެއްވެ ތިއްބައެވެ. 

މި ހަމަލާގައި މިހާތަނަށް 137 މީހަކު މަރުވެ، 150 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ހެއްކެއް ނެތް ނަމަވެސް ރަޝިއާއިން އަންނަނީ މިކަމުގައި މިކަމުގައި ޔޫކްރެއިން ގެ ޔޫކްރެއިން ބައިވެރިވުން އޮތް ކަމެއް ކަމަށްބުނެ އެ ގައުމަށް ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ މި ތުހުމަތުތައް އިންކާރު ކޮށްފައިވާއިރު، އެމެރިކާއިން ވެސް ވަނީ މިކަމުގައި ޔޫކްރެއިންގެ އަތެއް ނެތް ކަމަށާއި، މިކަމުގެ ފުރިހަމަ ޒިންމާ އައިއެސް އިން ނަގާފައިވާކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.