ޚާރިޖީ ވަޒީރު މޫސާ ޒަމީރު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ-- ފޮޓޯ: ޚާރިޖީ ވުޒާރާ
ހަބަރު
25 Mar 2024 | 13:24
ޖަޕާނު ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ރާއްޖެއަށް ދިން އެހީ އާއި ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން  ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސޮއި ކުރައްވާފައިވާއިރު، ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވާގޮތުން މި އެއްބަސްވުމުގެ ދަށުން ޖަޕާނުން ވެދޭ އެހީތަކަކީ:

1) ކަސްޓަމްސްއިން ޕެޓްރޯލްކުރުމަށް އުޅަނދު ހަދިޔާކުރުމާއި މެރިޓައިމް ސޭފްޓީއާއި ސެކިއުރިޓީގެ ދާއިރާ ކުރިއެރުވުމަށް 260 މިލިއަން ޔެން ނުވަތަ 1.87 މިލިއަން ޑޮލަރު

2) އުޅަނދުތަކަށް ބޭނުންވާ ސާމާނު ގަތުމަށް 56 މިލިއަން ޔެން ނުވަތަ 403،000 ޑޮލަރު

3) ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްކަށް 600 މިލިއަން ޔެން ނުވަތަ 4.32 މިލިއަން ޑޮލަރު

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މޫސާ ޒަމީރު ވަނީ ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވާ، މި ހަމަޖެހުނު އެހީގެ ދަށުން ފެން ބޮޑުވުން ފަދަ ހާދިސާތަކަށާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެހީތެރިކަން ލިބިފައިވާކަމަށް ވިދާޅުވެފައެވެ.

"ފެން ބޮޑުވުން ފަދަ ހާދިސާތަކަށް ވޯޓާ ޕަމްޕު ހަދިޔާކުރުން މިއެހީގައި ހިމެނޭ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށްވެސް މިއެހީގެ ދަށުން ވަނީ އެހީތެރިކަން ލިބިފައި،"

ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ ފާއިތުވެ ދިޔަ 56 އަހަރުގެ ތެރޭގައި ޖަޕާނުން ރާއްޖެ އަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

މި އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާ އާއި މާލީ ވުޒާރާގެ އިސްވެރިންނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުގެ އިސްވެރިންގެ އިތުރުން ޖަޕާން އެމްބަސީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.