ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
26 Mar 2024 | 11:27
ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯން ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

 ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯން ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީން ތާއީދުކުރާ ކެނޑިޑޭޓް އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަލްސާގައި ރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި ލޯން ދޫކުރާނީ ފަސް ޕަސަންޓަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގޮތަށް ކަމަށެވެ. 

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި، ގެދޮރުގެ މައްސަލަ ހައްލު ކުރެއްވުމަށް އަލަށް އެތައް ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވި ކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި ފަސް ޕަސަންޓަށްވުރެ އިންޓްރަސްޓް ރޭޓް މަތިނުވާނެ ލޯން ސްކީމްތަކެއް ތައާރަފުކުރުން ހިމެނޭ ކަމަށާއި މިއީ އަމިއްލަ ގެ ހެދުމަށްޓަކައި އަތްފޯރާފަށުގައި ލުއި ލޯނުތަކެއް ތައާރަފުކުރުމަށް ދޭ ލޯނު ސްކީމެއް ކަމަށެވެ.

"އެއީ މި މާލޭ ސިޓީގައި ވިޔަސް އެހެން ރަށްތަކުގައި ވިޔަސް އަމިއްލަ ގެދޮރު ހުރެ، ގޯތީގައި ގެއެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެންގެ ނެހެދޭނެ މީހުންނަށް އަތްފޯރާފަށުގައި ލުއި ލޯނުތަކެއް ތައާރަފުކުރުމަށް އަމިއްލަގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމެއް،"

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ލޯން ސްކީމް ތައާރަފް ކުރުމަށްޓަކައި މިދިޔަ 100 ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރެވި މިހާރު ގާތްގަނޑަކަށް ފަންނީ ޓެކްނިކަލް މަސައްކަތްތައް ނިމުކަކާ ހަމައަށް ގޮސްފައިވާ ކަމަށާއި ލޯން ސްކީމް އިއުލާން ކުރެވޭ ހިސާބަށް މަސައްކަތް ނިމިފައިވާ ކަމަށެވެ. 

"މިތާނގައި މާދަމާ ލޯން ސްކީމަށް ހުޅުވާލާނެ ކަމަށް އިއުލާނު ކުރާނެ ކަމަށް ނުދެންނެވުނަސް މިހާރު އެ ވަނީ ގާތްގަނޑަކަށް ލޯން ސްކީމް އިއުލާން ކުރެވޭ ހިސާބަށް ގެންދެވިފައި، ކަމާއިބެހޭ މިނިސްޓްރީން ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސީލާކާއެކު، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށްޓަކައި އަތްފޯރާފަށުގެ ލޯން ސްކީމް ހުޅުވާލާ އޭގެ ދަށުން ލޯން ހޯދައިގެން އެޅޭނެ. މި ލޯންތަކަކީ ކޮންވެންޝަނަލް އަދި އިސްލާމިކް ލޯން، ދެ އޮޕްޝަން ލިބޭނެ،"

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހަދަން ފަށާފައި ނުނިމި ހުރި ގެތައް ހެދުމަށްޓަކައި "ހޯމް ކޮމްޕްލީޝަން" ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފު ކުރައްވާނެ ކަމަށާއި، އޭގެ އިތުރުންވެސް ގިނަދުވަސްވެ މަރާމާތު ކުރަން ޖެހިފައި ހުރި ގެތައް ހެދުމަށް ވެސް ލޯން ސްކީމެއް ތައާރަފު ކުރައްވާނެ ކަމަށެވެ. މި ހުރިހާ ލޯން ތަކަކީ ވެސް އަތްފޯރާ ފަށުގެ ލޯންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މުޅި ރާއްޖެ އަށް ހުޅުވާލާ މި ދެ ލޯން ސްކީމް ތައާރަފު ކުރުމަށްޓަކައި މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. މިލޯން ސްކީމް ތަކުގެ ތެރެއިން ފުރަތަމަ ދޫކުރާނީ އަލަށް ގޯތީގައި ގެދޮރު އެޅުމަށްޓަކައި ދޫކުރާ ލޯންތައް ކަމަށާއި، އެއަށްފަހު އަނެއް ދެ ލޯން ސްކީމް ވެސް މިއަހަރުގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.