ކުރީގެ ރައީސް ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
28 Mar 2024 | 09:41
ސިޔާސީ ލީޑަރުން ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ: ރައީސް ޞާލިހު

މި ސަރުކާރުން ސިޔާސީ ލީޑަރުން ހައްޔަރުކުރަން ތައްޔާރުވަމުން ދާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރަމުންދާ ކެމްޕޭންގެ ތެރެއިން ރޭގައި  ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަރަކާތެއްގައި ވާހަކފުޅު ދައްކަވަމުން ޞާލިހު ވިދާޅުވީ، ފެންނަމުންދަނީ ސަރުކާރުން މިގައުމު މީގެ 20 އަހަރު ފަހަތަށް ގެންދަން އުޅޭ ތަން ކަމަށާއި، ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ބަރާބަރަށް ހަމަވަމުންދާއިރު، ވަޒީފާގެ ބިރު އިންތިހާ އަށް ކުރިމަތިކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ޕޮލިހަށް ހާޒިރު ވުމަށް އަންގާފައިވާތީ އެކަމާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވީ، ފައްޔާޒު ޕޮލިހަށް ހާޒިރު ކުރަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަމަށާއި މި ފެންނަނީ ސިޔާސީ ލީޑަރުންނާއި ދިމާކުރި މަންޒަރު ކަމަށެވެ.

"ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން މިދަނީ. ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ,"

ރައީސް ޞާލިހު ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި ހިސާބުން މިކަން ނުނިމޭނެ ކަމަށާއި، ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ހައްޔަރުކޮށް މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު މީގެ 10 އަހަރު ކުރިން ރާއްޖެ އޮތް ހާލަތުގެ އިހުސާސު މިހާރު ކުރެވެން ފަށައިފި ކަމަށާއި, ރާއްޖޭގެ ކަންކަން ދޫކޮށްލައިގެން ތިބެއްޖެނަމަ އަނެއްކާ ވެސް އެ ބިރުވެރިކަމާ ނާމާންކަމުގެ ތެރެއަށް ގައުމު ދާނެ ކަމަށެވެ. މިކަމުގައި އެންމެން އެއްކޮށް ތެދުވަން ޖެހޭ ކަމަށާއި ދޫކޮށްލައިގެން ތިބެއްޖެ ނަމަ އަނެއްކާވެސް އެ ބިރުވެރިކަމާއި އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށްވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.