ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Mar 2024 | 11:28
ރާއްޖޭގައި އެއަރޕޯޓްތައް ތަރައްގީކުރާނެ ރަށްތައް ރައީސް ޑރ.މުއިއްޒު ކަނޑައަޅުއްވައިފި

ރާއްޖޭގައި އެއަރޕޯޓްތައް ތަރައްގީކުރާނެ ރަށްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.

މި ގަރާރަކީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތަކާއި އެ މަޝްރޫއު ހަވާލު ކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ބަޔާންކޮށް ނެރުއްވާފައިވާ ގަރާރެކެވެ.

ރައީސް ޑރ.މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން، ޖުމްލަ 9 ރަށެއްގައި އަލަށް އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، އެއާޕޯޓުގެ މަޝްރޫއު ފެށިފައިވާ ބައެއް ރަށްތަކުގެ އެއާޕޯޓު ނިންމުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މިގޮތުން އަލަށް އެއާޕޯޓު އެޅުމަށް ނިންމަވާފައިވާ 9 ރަށަކީ:

1) ހއ. ދިއްދޫ

2) ށ. ދިގުވެލި

3) ށ. މިލަންދޫ

4) ނ. ވިހަފަރު

5) ރ. ފައިނު

6) އއ. މަތިވެރި

7) ފ. ނިލަންދޫ

8) ގއ. މާޅެންދޫ

9) ތ. ގުރައިދޫ  

ހަމައެއާއިއެކު، ފެށިފައިވާ އެއާޕޯޓުތައް ނިންމުމަށް ރައީސް ޑރ.މުއިއްޒު ނިންމެވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަކީ:

1) ހދ. މަކުނުދޫ

2) ރ.އަލިފުށި

3) މ.މުލި

4) ށ.ބިލެއްފަހި

5) ބ.ތުޅާދޫ

6) ތ.ވިލުފުށި

އަލަށް ތަރައްގީކުރާ ކޮންމެ އެއާޕޯޓަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭ އަދަދުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ކަނޑައަޅުއްވާފައިވާއިރު ފެށިފައިވާ އެއާޕޯޓުތައް ނިންމުމަށް މަދުވެގެން ހަތަރު މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމަށް ވެސް މި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުންވެސް، ބައެއް އެއަރޕޯޓުތައް އިތުރަށް ތަރައްގީ ކުރުމާއި ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްގީ ކޮށް، ގއ. ވިލިނގިއްޔާއި ތިނަދޫ ސިޓީގައި އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ ނިންމަވާފައެވެ.

އެއާޕޯޓް ތަކުގެ އިތުރުންވެސް، އައްޑޫ ސިޓީ އާއި ލ. ގަމުގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގުމަށް ވެސް ރައީސް ޑރ.މުއިއްޒު ނެރުއްވި ގަރާރުގައި ހިމަނުއްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.