ޕާސްޕޯޓު ދޫކުރަނީ-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
28 Mar 2024 | 13:13
ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ކައުންސިލްތަކުން ލިބޭނެ ގޮތް ހަމަޖައްސަނީ

ރާއްޖޭގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް އަތޮޅު ކައުންސިލަތަކާއި ސިޓީ ކައުންސިލް ތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މީގެ ސަބަބުން ކައުންސިލްތައް ބާރުވެރި ކުރުވި، ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ލިބުމުގެ އިތުރުން ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ ކަމަށެވެ.

ޕާސްޕޯޓު ހެދުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑ ބައެއް ދިރިއުޅެމުންދަނީ ރާއްޖޭގެ އަތޮޅުތަކާއި ސިޓީތަކުގައި ކަމަށްވާތީ، ޕާސްޕޯޓު ހެދުމަށްޓަކައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"މިހާރު ސަރުކާރުން ނިންމާފައިވަނީ މިހާރު ޕާސްޕޯޓު ހެދުމަށް ކުރަމުން އައި މަސައްކަތް މުޅިން ތަފާތު އެހެން މަރުހަލާ އަކަށް ގެންދަވަނއި ކޮންމެ ސިޓީ އެއްގައި ވެސް އަދި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ އިދާރާގައި ޕާސްޕޯޓު ހެދޭނެ އިންތިޒާމް ހަމަޖައްސަވައި އެކަންތައްތައް ކުރިއަށް ގެންދެވުން."

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ހަމައެއާއިއެކު ޕާސްޕޯޓުގެ ހެދުމުގެ ހިދުމަތުގެ އިތުރުން އައިޑީ ކާޑު މިހާރު ކުރިއަށްދާ ތަރުތީބަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެކަން ކުރެވޭނެ ވިސްނުން ރައީސް ޑރ.މުއިއްޒު ހާމަކުރައްވައި، މިކަން ކުރެވޭނެ އިތުރު ގޮތްތައް ސަރުކާރުގެ ފަރާތުން ރާވަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި މިހާރުވެސް ރާއްޖޭގެ ސިޓީތަކާއި އަތޮޅު ކައުންސިލްތަކުން މި ކަމުގެ ޝައުގުވެރިކަން ފާޅުކޮށް މިކަމާއި ގުޅޭ އިންތިޒާމްތައް ބައެއް ކައުންސިލްތަކުން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.