އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު-- ފޮޓޯ: ވޮއިސް
ހަބަރު
28 Mar 2024 | 13:45
ޕާސްޕޯޓުގެ ހިދުމަތް އަތޮޅުތަކުން ފަށާއިރު، އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ލިބިގެންދާނެ: ޝައްމާން

ރާއްޖޭގެ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުގައި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ފަށާއިރު، އިމިގްރޭޝަން ގެ އެހެނިހެން ހިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

ހޯމް ސެންޓަރ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައްމާން ވިދާޅުވީ، ދިވެހި ޕާސްޕޯޓުގެ ހިދުމަތުގެ އިތުރުން އަތޮޅު ތެރޭގައި ކައުންސިލްތަކުގައި އިމިގްރޭޝަންގެ އޮފީސް ގާއިމުވާ ހިސާބުން، އެއިދާރާއިން ދޭ ހިދުމަތްތައް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އިމިގްރޭޝަންގެ ހިދުމަތްތައް ފަށާއިރު، ޕާސްޕޯޓްގެ ހިދުމަތް ހުރިހާ އަތޮޅަކުން ފަށާއިރު ވިސްނުމަކީ އިމިގްރޭޝަންގެ އެހެނިހެން ހިދުމަތްތައް، މިސާލަކަށް ވީސާގެ ހިދުމަތް ވިޔަސް ވެސް އެ ހިދުމަތްތައް ވެސް އެ އަތޮޅުތަކުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުން. އޭރުން ކަންނޭގެ އަޅުގަނޑަށް ހީވަނީ މުޅި ހައްލެއް މިއަށް ލިބިގެންދާނީ."

ޝައްމާން ވިދާޅުވިއެވެ.

ޝައްމާން ވިދާޅުވީ، އިމިގްރޭޝަންގެ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ހާއްސަކޮށް ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހުށައެޅޭ ޕްލޭނެއްގެ ތެރެއިން ކައުންސިލްތަކުގައި އުފެދޭ އޮފީސް ތަކާއި އެކީގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް ޝައްމާން ވިދާޅުވީ، ޕާސްޕޯޓުގެ ހިދުމަތް އަތޮޅު ތަކާއި ސިޓީ ކައުންސިލްތަކުން ހެއްދޭނެ ގޮތް ހަމަޖެހިގެން ދިޔުމުގެ ސަބަބުން ޕާސްޕޯޓުގެ އަގަށްވުރެ ޕާސްޕޯޓު ނަގަންދާ ހަރަދު ބޮޑު ކަމަށާއި، ރައީސް ޑރ.މުއިއްޒުގެ މި ނިންމެވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑުތަން ލުއިވެ ވަރަށް ބޮޑަށް ވަގުތު ސަލާމަތްވެގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.