ކެރަމް އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިކަމުގެ ބައްދަލުވުމުގެ ތެރެއިިން.. ފޮޓޯ: ކެރަމް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖުން
ކުޅިވަރު
28 Mar 2024 | 17:53
އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު މާލޭގައި

އޭޝިއާގެ އެންމެ ވަރުގަދަ ކެރަމް މުބާރާތް 6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024, އެޕްރިލް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން ހާމަކޮށްފި އެވެ.

މިއީ މިމުބާރާތް 2013 ގެ ފަހުން ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަަމަ ފަހަރެވެ. އެންމެ ފަހުން މިސަރަހައްދުގެ ގައުމެއްގައި މިމުބާރާތް ބާއްވާފައިވަނީ މީގެ 10 ވަރަށް އަހަރު ކުރިން އިންޑިއާގެ ކަލްކަތާގައެވެ.

މިމުބާރާތާއި ބެހެގޮތުން މައުލޫމާތު ދެއްވަމުން ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެރަމް އެސޯސިއޭޝަންގެ އިސް ވެރިންނާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު، ރާފިއު ވިދާޅުވީ ކުރު މުއްދަތެއްގައި ވެސް މުބާރާތުގެ ކަންކަން ރޭވުމުގައި ކެރަމް އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އަންނަ މަހުގެ 27 އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު އިންޑޯގަ އެވެ. އަދި މިމުބާރާތުގައި 12 ވަރަކަށް ގައުމުން 120 އަށް ވުރެ ގިނަ ކުޅުންތެރިންނާއި ޑެލިގޭޓްސް ބައިވެރިވާއިރު، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ހުނަރު  މިމުބާރާތުގައި ފެނިގެންދާނެ އެވެ.

ރާއްޖޭގެ އިތުރުން އޭޝިއާގައި ކެރަމް ކުޅޭ ގައުމުތަކުގެ ތެރެއިން، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، ދެކުނު ކޮރެއާ، މެލޭޝިއާ، ޔޫއޭއީ، ގަތަރު، ނޭޕާލް، ޖަޕާންގެ އިތުރުން ޕާކިސްތާންގެ ކުޅުންތެރިން މިމުބާރާތުން ފެނުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.