ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ހަބަރު
29 Mar 2024 | 09:29
“ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް”

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މަރްޙޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މެޑަމް ސާޖިދާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއާއެކު އެކަމަނާ ވަނީ، ތުއްތު ކުދިން ކީރިތި ގުރުއާނަށް ލޯބި ޖެއްސެވުމަށް، ޚާއްސަކޮށް ރަމަޟާން މަހުގައި ގުރުއާން މުބާރާތްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. 

މި ޖަލްސާގައި މި މުބާރާތުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.