އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Mar 2024 | 10:18
ސިޔާސީ މީހުންގައިގައި އަތްލަން ފެށުމަކީ ސިޔާސީ ގޮތުން އެސަރުކާރެއް ގޮތް ހުސްވުން: ރައީސް ޞާލިހު

ސިޔާސީ މީހުން ހައްޔަރު ކުރަން ފެށުމަކީ ސިޔާސީ ގޮތުން އެ ސަރުކާރެއް ގޮތް ހުސްވުންކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ އެމްޑިޕީން ކުރިއަށްގެންދާ މަޖިލިސް ކެމްޕޭންގެ ހަރަކާތުގެ ތެރެއިން ރޭގައި ބޭއްވި މުޅި ހުޅުމާލެ ތަރާވީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޞާލިހު ވިދާޅުވީ، އާރުޑީސީގެ ހިޔާނާތުގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހަށް ހާޒިރުކުރަން އެންގުމުން މި ސަރުކާރު ގޮތް ހުސްވެއްޖެކަން ފެނިގެން ދިޔަކަމަށެވެ. 

ސިޔާސީ މީހުން ގައިގައި "އަތްލަން" ފެށުމާއި އެއްވެސް އަސާސެއްނެތި، ފުލުހަށް ގެންގޮސް ތަހުގީގު ކުރަން ފެށުމަކީ ސިޔާސީ ގޮތުން އެ ސަރުކާރެއް ގޮތް ހުސްވުން ކަމަށާއި އެމްޑީޕީން މިކަމާއި ބިރު ނުގަންނާނެ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން ހުއްޓުވަން ކުރާ ކަމެއްކަމަށް ދެކޭ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ ސޮރީ އޭ. ސޮރީ އޭ. ސޮރީ އޭ. އެކަމެއް ނުވާނެ އިނގޭތޯ."

ރައީސް ޞާލިހު ވިދާޅުވިއެވެ.

ފައްޔާޒް ފުލުހަށް ހާޒިރުވުމަށް އެންގުމާއި ގުޅިގެން މީގެ ކުރިންވެސް ރައީސް ޞާލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ފައްޔާޒަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރްޑީީސީ އާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކައް ދޫކޮށް އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ޞާލިހު ވަނީ  އެ އިޔާދަވެގެންދަނީ ކުރީގައިވެސް  ދުށް އަނިޔާވެރިކަމާއި ޤާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށާއި އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި ހިސާބުން މިކަން ނުނިމޭނެ ކަމަށާއި، ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ހައްޔަރުކޮށް މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލާނެ ކަމަށް ވެސް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.