ރައީސް ޑރ. މުއިއްޒު--
ހަބަރު
30 Mar 2024 | 14:13
އިގްތިޞާދުގައި ބުންވަރުޖެހޭ މިންވަރަކުން ހުރިހާ ސެކްޓާއެއްގެ ވެސް މުސާރަ ބޮޑުކޮށްދޭނަން: ރައީސް

ދިވެހިރާއްޖޭގެ އިގްތިޞާދުގައި ބުންވަރު ޖެހޭ މިންވަރަކުން ހުރިހާ ދާއިރާއެއްގެ ވެސް މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ރައީސް ގެ ޖަވާބުގެ ޕްރޮގްރާމްގައި ސަރުކާރު މުއައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި މެދު ފުއައްމުލައް ސިޓީ، ނިއުވެލި، އަލީ ޝާފިއު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިގޮތުން އަލީ ޝާފިއު ވަނީ، ފުލުހުންގެ މުސާރަ ބޮޑުކޮށްފައި، އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑު ކުރައްވަނީ ކޮން ދުވަހަކުތޯ ރައީސް މުއިއްޒު އާއި ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފުލުހުންނާއި ސިފައިން ހިމެނޭހެން މިހާރު ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރެވިފައިވާ ކަމަށާއި، އިގްތިސާދު ހަރުދަނާވަމުންދާ މިންވަރަކުން މިދައުރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ވެސް މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވައުދުވެފައި  އޮންނާނީ ގައުމުގެ އިގްތިސާދު ހަރުދަނާވަމުންދާ މިންވަރަކުން އާމްދަނީ ލިބޭ މިންވަރަކުން އިގްތިޞާދުގައި ބުންވަރުޖެހޭ މިންވަރަކުން މި ދައުރުތެރޭގައި ހުރިހާ ސެކްޓަރ އެއްގެ ވެސް މުސާރަބޮޑުކޮށްދޭނެ ކަމަށް. މިހާރު އެވަނީ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރެވިފައި. ފުލުހުންނާއި ސިފައިންގެ ވެސް އަދި އެހެން ދާއިރާތަކުގެ ވެސް. އަދި ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ މި ދެންނެވި ފަދައިން ކުރިއަށްގެންދާނަން."

ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ ޕްރޮގްރާމްގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ ފަހު 10 ބަންދުކުރުމަށް ސަރުކާރުން ނިންމީ، ރޭއަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރުމަށް ފަސޭހަ ކޮށްދިނުމަށްޓަކައިކަމަށެވެ. އެގޮތުން ހެނދުނު ތެދުވެގެން އޮފީހަށް ދިޔުމަށްވުރެ މި ދުވަސްތައް އެއްކޮށް ބަންދު ދުވަސްތަކެއްކަމުގައި ކަނޑައެޅުމުން، ފަހު 10 ގެ ހެޔޮ ދަރުމަ އާއި ޘަވާބު ހޯދުމަށް ފަސޭހަވެގެންދާނެ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސް މުއިއްޒު ވަނީ، އެންމެންވެސް ފަހު 10 ގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ކަމަށް އުންމީދުފުޅު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.