ބްރިޖްގެ މެއިންޓަނެންސް މަސައްކަތް ފެށުން-- ފޮޓޯ: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
ހަބަރު
31 Mar 2024 | 09:17
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް ފަށައިފި

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުނިން އެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި މި މަހުގެ 20 ވަނަ ދުވަހު ވަނީ ސޮއިކޮށްފައިވާއިރު،ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ތިން އަހަރަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ސީސީސީސީ ކުންފުންޏާއި އެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ޙާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ.

މެއިންޓެނަންސް މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރާ މުއްދަތު ނިމުމުން އެކަމާ ހަވާލު ވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް, ދިވެހި ޓީމުގެ ބެލުމުގެ ދަށުން އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޓީމަށް ބޭނުންވާ ހުރިހާ ތަމްރީނުތައް ހިންގާނީ ސިނަމާލެ ބްރިޖު މެއިންޓެނަންސް މަސައްކަތްތައް ކުރުމުގެ ތެރެއިން ކަމަށްވެސް އެވުޒާރާއިން މައުލޫމާތު ދެއެވެ.

ބްރިޖްގެ މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ ބްރިޖް އިންޖީނިއަރިން, ރޯޑް އިންޖީނިއަރިން, އިލެކްޓްރޯ މެކޭނިކަލް, ޓްރެފިކް ސޭފްޓީ, ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖު މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

ބްރިޖް ގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމުގެ ތެރޭގައި، ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި، 6 މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު 1 ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތައް ވެސް ހިމެނެއެވެ.

ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިންމުމަށް ފަހު، ބްރިޖު ހެދި ކުންފުނިން ދެ އަހަރު ވަންދެން އެ ތަނުގެ މެއިންޓެނަންސްގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓި ނަމަވެސް އޭގެ ފަހުން އައި ތިން އަހަރު ކޮންޓްރެކްޓް އާ ނުކުރާ ކަމަށާއި މެއިންޓެނަންސްގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މީގެކުރިން ވަޒީރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވާއިރު، މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.