ޝެއިހް އިބްރާހިމް މެންކު ސަލްމާން މިސްކިތުގައި ދަރުސް ދެއްވަނީ
ހަބަރު
01 Apr 2024 | 10:25
ރަސޫލާ (ޞޢވ) ގެ ޠާއިފްގެ ދަތުރުގެ ހާދިސާއިން ލިބޭ ފިލާވަޅުތައް ޝެއިޚް އިބްރާހިމް މެންކްގެ މިއަދުގެ ދަރުސްގައި

އަލް ޢަސްރުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދާ ސިލްސިލާ ދަރުސްތަކުގައި މިއަދު އަލި އަޅުވާލާނީ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމްގެ ޠާއިފްގެ ދަތުރުފުޅުގެ މައްޗަށް ކަމަށް އަލް އަސްރުން ބުނެފިއެވެ. 

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ކޮންމެ ދުވަހަކުވެސް އަސުރު ނަމާދަށްފަހު ޒިންބާބުވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހިމް މެންކު، ދެއްވާ މި ސިލްސިލާ ދަރުސްތައް އޮންނަނީ ސަލްމާން މިސްކިތުގައެވެ. 

އިނގިރޭސި ބަހުން ދެއްވާ މި ސިލްސިލާ ދަރުސްތަކުގައި މިފަހަރު ޝެއިޚް އަލިއަޅުވާލައްވަނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު (ޞޢވ) ގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި ހިތާމަތަކާއި އެކަން ކަމާއި އެކަލޭގެފާނު ކުރިމަތިލެއްވި ގޮތުގެ މައްޗަށް ކަމަށް އަލް އަސްރުން ވޮއިސް އަށް ވަނީ މައުލޫމާތު ދީފައެވެ. 

އަދި މީގެ އިތުރުން ސުންނަތުގެ އަލީގައި އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި ހިތާމަތަކާއި ކުރިމަތިލާނެ ގޮތަށްވެސް ދަރުސް ތަކުގައި އަލިއަޅުވާލައްވާނެ ކަމަށް އަލް އަސްރުން ބުނެއެވެ. 

އެގޮތުން އިއްޔެ ދެއްވި ދަރުސްގައި ޝެއިޚް އަލިއަޅުވާލައްވާފައި ވަނީ “ހިތާމައިގެ އަހަރު” ގެ ގޮތުގައި އިސްލާމީ ތާރީޚްގައި ލިޔެވިފައިވާ އަހަރުގައި ހިނގައިދިޔަ ހާދިސާ ތަކުން ލިބިދޭ ފިލާވަޅުގެ މައްޗަށެވެ. 

ބެންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ސްޕޮންސަރޝިޕާއިއެކު ކުރިއަށް ގެންދާ މި ދަރުސްތަކުގެ މީޑިއާ ޕާޓްނަރަކީ “ވޮއިސް” އެވެ. އަދި މި ހުރިހާ ދަރުހެއް ވޮއިސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.  

ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. ޝެއިޙް އިބްރާހިމް މެންކް ވަނީ މީގެ ކުރިންވެސް ދެފަހަރު މަތިން މިފަދަ ސިލްސިލާ ދަރުސް ރާއްޖޭގައި ދެއްވާފައެވެ. 

އެގޮތުން އަލް ޢަސްރުން އިންތިޒާމް ކޮށްގެން 2019 ގައި "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" މި ނަމުގައި ޝައިހް އިބްރާހިމް މެންކް ގެ ދަރުސް ސިލްސިލާއެއް ބާއްވާފައިވާއިރު، 2022 ވަނަ އަހަރުވެސް އެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން "ލިވިންގ ވިތް ޤުރްޢާން" ނަމުގައި ސިލްސިލާ ދަރުސް ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ޝައިހް އިބްރާހިމް މެންކް އަކީ ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ބެފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ