އެއާ އެމްބިޔުލާންސް- ފޮޓޯ/ މޯލްޑިވިއަން
ހަބަރު
04 Apr 2024 | 12:45
އެއަރ އެމްބިއުލާންސުން ފުރަތަމަ މަހު އެކަނިވެސް 66 ދަތުރު ކޮށްފި

އެއާ އެމްބިއުލާންސްގައި މިހާތަނަށް 66 ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މިއީ ހާލު ދެރަ ބަލިމީހުން އަވަސް ފަރުވާއަށް މާލެއާއި ހަމައަށް ގެނައުމަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް މޯލްޑިވިއަނުން މިއަދު ވަނީ ބުނެފައެވެ.

ސަރުކާރުގެ ރަސްމީ ވައުދުގެ ދަށުން ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެއް ބޭނުންކޮގެން އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ 1 މާޗް 2024 ގައެވެ.

މި ޚިދުމަތަށް މޯލްޑިވިއަންއިން ސީ ޕްލޭންގެ ބޭނުން ކުރަން ފެށި މާރިޗްމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭގައި ފުރަތަމަ މީހަކު އުފުލާފައިވަނީ މާރިޗްމަހުގެ 19 ވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން އޮޕަރޭޓް ކުރަމުންދާ، އެ ދެ ބޯޓުގައިވެސް އެމަޖެންސީ ހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން، އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.

ކުއްލި ހާލަތުގައި މީގެކުރިން ބަލިމީހުން އުފުލީ އާއްމު ދަތުރުތަކަށް ބޭނުންކުރަމުންދާ މޯލްޑިވިއަންގެ ޝެޑިއުލް މަތިންދާ ބޯޓުތަކުގަ އެވެ. އަދި އެމްއެންޑީއެފްގެ އެހީގައި، ހެލިކޮޕްޓަރުގައި މި ހިދުމަތް ދީފައިވެ އެވެ.

ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މިހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.