ޝެއިޚް އިބްރާހިމް މެންކުގެ ސިލްސިލާ ދަރުހެއްގެ ތެރެއިން- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
04 Apr 2024 | 13:06
ޝެއިޚް އިބްރާހިމް މެންކުގެ މިއަދުގެ ދަރުސްގެ މައުޟޫއަކަށް ރަސޫލާ (ސޢވ) އަށް ކުރެވުނު ދޮގު ތުހުމަތުތައް

އަލް ޢަސްރުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދާ ޝެއިހް އިބްރާހިމް މެންކުގެ ސިލްސިލާ ދަރުސްތަކުގައި މިއަދު އަލި އަޅުވާލާނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ (ސޢވ) ގެ މައްޗަށް ކުރެވުނު ދޮގު ތުހުމަތު ތަކާއި އެކަންކަމާއި އެކަލޭގެފާނު ކުރިމަތިލެއްވި ގޮތްތަކުގެ މައްޗަށް ކަމަށް އަލް އަސްރުން ބުނެފިއެވެ. 

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ކޮންމެ ދުވަހަކުވެސް އަސުރު ނަމާދަށްފަހު އައްޝައިޚް އިބްރާހިމް މެންކު، ދެއްވާ މި ސިލްސިލާ ދަރުސްތައް އޮންނަނީ ސަލްމާން މިސްކިތުގައެވެ. 

އިނގިރޭސި ބަހުން ދެއްވާ މި ސިލްސިލާ ދަރުސްތަކުގައި މިފަހަރު ޝެއިޚް އަލިއަޅުވާލައްވަނީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުހައްމަދު (ޞޢވ) ގެ ހަޔާތްޕުޅުގައި އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި ހިތާމަތަކާއި އެކަން ކަމާއި އެކަލޭގެފާނު ކުރިމަތިލެއްވި ގޮތުގެ މައްޗަށް ކަމަށް އަލް އަސްރުން ވޮއިސް އަށް ވަނީ މައުލޫމާތު ދީފައެވެ. 

އަދި މީގެ އިތުރުން ސުންނަތުގެ އަލީގައި އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ އެކިއެކި ހިތާމަތަކާއި ކުރިމަތިލާނެ ގޮތަށްވެސް ދަރުސް ތަކުގައި އަލިއަޅުވާލައްވާނެ ކަމަށް އަލް އަސްރުން ބުނެއެވެ. 

އެގޮތުން އިއްޔެ ދެއްވި ދަރުސްގައި ޝެއިޚް އަލިއަޅުވާލައްވާފައި ވަނީ “އުހުދު ހަނގުރާމައިން ލިބޭ ފިލާވަޅުތަކު” ގެ މައްޗަށެވެ. 

ބެންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ސްޕޮންސަރޝިޕާއިއެކު ކުރިއަށް ގެންދާ މި ދަރުސްތަކުގެ މީޑިއާ ޕާޓްނަރަކީ “ވޮއިސް” އެވެ. އަދި މި ހުރިހާ ދަރުހެއް ވޮއިސް މެދުވެރިކޮށް ލައިވް ކުރާނެއެވެ.  

ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. ޝެއިޙް އިބްރާހިމް މެންކް ވަނީ މީގެ ކުރިންވެސް ދެފަހަރު މަތިން މިފަދަ ސިލްސިލާ ދަރުސް ރާއްޖޭގައި ދެއްވާފައެވެ. 

އެގޮތުން އަލް ޢަސްރުން އިންތިޒާމް ކޮށްގެން 2019 ގައި "ދަ ލޯޑް އޮފް ދަ ވޯރލްޑްސް" މި ނަމުގައި ޝައިހް އިބްރާހިމް މެންކް ގެ ދަރުސް ސިލްސިލާއެއް ބާއްވާފައިވާއިރު، 2022 ވަނަ އަހަރުވެސް އެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން "ލިވިންގ ވިތް ޤުރްޢާން" ނަމުގައި ސިލްސިލާ ދަރުސް ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ޝައިހް އިބްރާހިމް މެންކް އަކީ ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ބެފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.