ޗީފް ސްޕްރިޓެންޑް އަހުމަދު ޝާކިރު
ހަބަރު
04 Apr 2024 | 15:43
119 ކިލޯ މަސްތުވާތަކެތީގެ މައްސަލަ: ފޯނު ހުޅުވުމުގެ އަމުރު ނުލިބިގެން މުހިންމު މައުލޫމާތުތަކެއް ނުލިބިދިޔަ: ފުލުހުން

119 ކިލޯ މަސްތުވާތަކެތީގެ މައްސަލަާގައި, މުއާމަލާތް ކުރެވުނު ފޯނު ހުޅުވުމަށް ކޯޓު އަމުރު ނުލިބުމުގެ ސަބަބުން މުހިންމު މައުލޫމާތު ތަކެއް ނުލިބި ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

12 ޑިސެމްބަރު 2021 ރާއްޖެ އެތެރެ ކުރެވުނު 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ އިތުރުން މުހައްމަދު އަކްރަމް އަބްދުލް ހަންނާނުގެ މައްޗަށެވެ.

މި މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ، ވީޑިއޯ ރިޕޯޓް މެދުވެތިކޮށް އެ މައްސަލަގައި މަސްތުވާތަކެތި އުފުލި ގޮތާއި، އުޅަނދު ތަކާއި އެ އުފުލި މީހުންގެ ހަރަކާތްތައް، ސީސީޓީވީ ފޫޓޭޖް މެދުވެރިކޮށް ކިޔައިދީފައެވެ. 

އެކަމާއި ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ޑްރަގް ޓްރެފިކިން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ، ޑްރަގު އުފުލުމަށް ޓެކްސީ އަކާއި، ސައިކަލެއްގެ އިތުރުން ކާރެއްވެސް ބޭނުން ކޮށްފައިވާއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ އަކުރަމް، އެ ހާދިސާ ހިނގި ދުވަހު ފުރައިގެން ދިޔަ ގޮތަށް އަދިވެސް ރާއްޖެ ނާންނަ ކަމަށެވެ. 

އަކުރަމް ފުރައިގެން މި ދިޔަ ފުލައިޓުގައި، މި މައްސަލާގައި ތުހުމަތު ކުރެވޭ ޒުބައިރު އާއި ސުނޭނުގެ މައްޗަށް ތުހުމަތު ކުރެވި ދައުވާ އުފުލުނު، 9 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި، އެ ޑްރަގު ޓެރެފިކިން ނެޓްވޯކްގެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބެލެވޭ އަރުޝަދު ޚާލިދުވެސް ހަމަ  އެ ފުލައިޓުން ފުރައިގެން ގޮސްފައިވޭ. އަރުޝަދު ޚާލިދު ވަނީ ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެވިފައި. އަކްރަމް އަދި މިހާތަނަށްވެސް ރާއްޖެ އައިސްފައެއް ނުވޭ.

ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދު

މިއާއެކު އޭނާ ވިދާޅުވީ، މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ އަތުން އަތުލެވުނު ފޯނުގެ ލޮކް ކޯޑާއި ޕާސް ވޯޑް ހޯދުމަށް ކްރިމިނަލް ކޯޓުގައި އެދުމުން، އެ އަމުރު އެ ކޯޓުން ނުދިނުމުން ފޯނުން އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. 

މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން ހިފެހެއްޓުނު މޯބައިލް ފޯނުތަކުގެ ލޮކް ކޯޑާއި ޕާސްވޯޑް ކްރިމިނަލް ކޯޓުގައި ފުލުހުން އަމުރަކަށް އެދުނު. އަދި ހަމަ އެއާއެކު އެ އަމުރު ނެރެދިނުމުގައި އަޑު އެހުމެއް ބޭއްވުމަށްވެސް އެދުނު. އެހެން ނަމަވެސް އެ ފުރުސަތު ނުލިބި، އެ އަމުރު ކްރިމިނަލް ކޯޓުން ނެރެދީފައެއް ނުވޭ. ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލް ކުރި. އެހެން ނަމަވެސް ހައިކޯޓުންވެސް އެ އަމުރު ނެރެދީފައެއް ނުވޭ. އެއީ ކްރިމިނަލް ކޯޓުން ހެކިވަޒަންކޮށް އެކަމާއިމެދު ގޮތް ނިންމާފައި ނެތުމުން ކަމަށް ހައިކޯޓުން ބުނެފައިވޭ. 

ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދު

ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދުގެ ވާހަކައާއި ގުޅިގެން ޗީފް ސްޕްރިޓެންޑް އަހުމަދު ޝާކިރު ވެސް ވަނީ މޮބައިލް ފޯނަކީ ތަހުގީގުގައި ވަރަށް މުހިންމު އާލާތެއް ކަން ފާހަގަކުރައްވައި، ނުލިބުމުން މުހިންމު މައުލޫމާތު ތަކެއް ނުލިބި ގޮސްފައުވާ ކަމަށް ވުދާޅުވެފައެވެ. 

އެހެންނަމަވެސް ހައިކޯޓުންވެސް ފޯނު ހުޅުވުމުގެ އަމުރު ނެރެދީފައި ނުވާތީ އަޅުގަނޑުމެންނަށް ތަހުގީގުން ފޯނާއި ގުޅުންހުރި މައުލޫމާތު ލިބިފައެއް ނުވޭ. މުހިންމު މައުލޫމާތު ތަކެއް

ޗީފް ސްޕްރިޓެންޑް އަހުމަދު ޝާކިރު

119 ކިލޯގެ މަސްތުވާތަކެތީގެ މިމައްސަލައިގައި، ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.

އަދި ޖޫރިމަނާ ފައިސާގެ އަދަދު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ވަނީ އަންގާފައެވެ.

މި މައްސަލާގައި ދައުވާ ސާބިތުނުވީ ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް ސާބިތުވާ ވަރަށް ހެކި ފުލުހުން ހޯދާފައިވާނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.