އީރާނުން އދ އަށް ކަޑައަޅުއްވާފައި ހުންނަވާ ދާއިމީ ޞަފީރު އަމީރު ސައީދު-- ފޮޓޯ: އޭޕީ
ދުނިޔެ
14 Apr 2024 | 14:07
އިސްރާއީލަށް އަދަބު ދެވިއްޖެ، އިތުރަށް ހަމަލާދިނުމުގެ ވިސްނުމެއް ނެތް: އީރާން

އިސްރާއީލަށް ހައްގުވާ އަދަބު ދެވިއްޖެ ކަމަށާއި، އިސްރާއީލުން ބަދަލުގައި ހަމަލާނުދޭހާ ހިނދަކު، އިސްރާއީލާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން އިތުރަށް ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތް ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން އިސްރާއީލަށް ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ދިން ހަމަލާތަކަށް ފަހު އީރާނުން އދ އަށް ކަޑައަޅުއްވާފައި ހުންނަވާ ދާއިމީ ޞަފީރު އަމީރު ސައީދު އިރާވާނީ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ސަލާމަތީ މަޖިލީހުގެ ރައީސް ވެނެސާ ފްރޭޒިއާ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އީރާނުން ގައުމު ދިފާއު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުންވެސް، އިސްރާއީލުގެ ސަރުކާރުން އަނެއްކާ ވެސް މިދިޔަ ހަފްތާގައި ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް ދިން ފަދަ ހަމަލާއެއް ތަކުރާރުކޮށްފިނަމަ އީރާނުން ރައްދުގައި ދެން ދޭ ހަމަލާ މިއަށްވުރެ ވަރުގަދަ ވާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އިރާވާނީ ވިދާޅުވީ، އީރާނުން އެ ގައުމުގެ ރައްޔިތުންނާއި ޤައުމީ ސަލާމަތާއި މަސްލަހަތާއި، އިސްތިޤްލާލާއި، ސަރަޙައްދީ އެއްބައިވަންތަކަން ރައްކާތެރި ކުރާނީ ބައިނަލްއަގުވާމީ ގާނޫނާއި އެއްގޮތަށް ކަމަށާއި، ގައުމަށް އަންނަ އިންޒާރުތަކަށް ހަމަލާދޭނީ ވެސް މިފަދައިން ކަމަށެވެ.

އީރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ މިދިޔަ ހަފްތާގައި ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ ދެމުން ދިޔަ އިންޒާރުތަކަށް ފަހުއެވެ.

މިސައިލާއި ޑްރޯން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ހަމަލާ އީރާނުން އިސްރާއީލަށް ފޮނުވާލިއިރު، އިސްރާއިލުގެ އަޔަން ޑޯމް އާއި ފައިޓަރ ޖެޓް ބޭނުންކޮށްގެން ބައެއް ހަމަލާތައް މަތަ ކުރި ނަމަވެސް އިސްރާއީލުގެ ބައެއް އަވަށްތަކަށް ޑްރޯންތަކުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެފައިވާއިރު، އިސްރާއީލުގެ މި އަމަލުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ