ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
15 Apr 2024 | 12:31
ދިވެހި ޤައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެ: ރައީސް

ދިވެހި ތަރައިގެ ކޮލެޖު ނުވަތަ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ދާދި އަވަހަށް އުފެއްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ޚިތާބުގައިއެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެދުމާއިއެކު، މުޅި ރާއްޖެ ބައިވެރިވާ ޤައުމީ ތަރިކަތަކާއި ބަހާތަކާ މެދު ޢިލްމީ ގޮތެއްގައި ފިކުރުކުރާނެ ރަސްމީ ވިޔުގައެއް އުފަންވާނެ ކަމަށެވެ.

ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ ނިޒާމުގެ ބޭނުމަކީ ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވެ، ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޢަޒުމު ކަނޑައެޅުން ކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ޤާއިމު ކުރެވުނު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން، ޒުވާނުންނާއި އާންމު އެންމެހާ ފަރާތްތަކަށް ޤައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ހެޔޮ އަސަރުތަކެއް ފޯރާނެ ކަމަށެވެ.

"ދިވެހި ބަހާއި ދިވެހި ޤައުމިއްޔަތާ މެދު އަޅުގަނޑުގެ ތަޞައްވުރުގައި މި ފަދަ އެތައް މަޝްރޫޢުތަކެއް ރޭވިފައިވެއެވެ. އެކަންކަމާ ގުޅޭ މަސައްކަތްތައް ހިނގަމުން އެބަ ދެއެވެ. އިރާދަކުރެއްވިއްޔާ ކަނޑައެޅިފައިވާ ތާރީޚުތަކަށް މި ކަންކަން ނިމެމުން ރައްޔިތުންނަށް މި ކަންކަމުގެ ލާބައާއި މަންފާ ލިބެމުންދާނެއެވެ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ހަމައެއާއިއެކު،  ދިވެހި ޤައުމީ ޗާޕުޚާނާ އުފައްދާއިރު، ދިވެހިބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި އެ ނޫންވެސް ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމުވުމުގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ކުތުބުޚާނާތަކާއި ސަގާފީ މަރުކަޒުތައް ޤާއިމުކުރެވޭނެ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ގެ މި ޚިތާބުގައި އެމަނިކުފާނު ވަނީ  އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި، ތަޢުލީމާއި، މުޢާމަލާތުގެ ހުރިހައި ދާއިރާއަކުން ވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.