ތިނަދޫ ސިޓީ ކައުންސިލް މެމްބަރުން-- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ހަބަރު
17 Apr 2024 | 12:47
ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަށް ބަދަލުވުމުން މެންބަރުން އަލުން ހުވާކުރައްވައިފި

މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ގދ.ތިނަދޫ ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑައެޅުއްވުމުން، އެސިޓީގެ ކައުންސިލަރުން އަލުން މަގާމުގެ ހުވާކޮށްފިއެވެ.

ރޭގައި މިކަމަށްޓަކައި އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަށު ކައުންސިލްގެ ރައީސާއި ނައިބު އަދި މެންބަރުން ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުންގެ ހުވާ ކުރައްވާފައިވާއިރު، ކައުންސިލުގެ މެންބަރުންނަށް ހުވައި ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ނަޝާތަތު ޒަޢީމެވެ.

ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެގެން ދިޔުމާއި އެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވަނީ"Secretariat of the Thinadhoo City Council" އެވެ. ހަމައެއާއިއެކު، ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ލިޔާ ސިޓީ ނަންބަރަކީ ކުރިންވެސް ތިނަދޫ ކައުންސިލަށް ހަމަޖައްސާފައިވާ ނަންބަރުކަމަށްވާ 415 އެވެ.

މި ބަދަލާއި އެކު، ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީގެ މަގާމު ވަނީ އެ ސިޓީގެ މޭޔަރަށް ބަދަލުވެފައެވެ. އަދި ނައިބު ރައީސަކަށް ހުންނެވި ނަސްރުﷲ އަލީގެ މަގާމު ވަނީ ޑެޕިއުޓީ މޭޔަރަށް ބަދަލުވެފައެވެ.

ތިނަދޫ ސިޓީ ކައުންސިލް މެމްބަރުން:

1. ސައުދު އަލީ- މޭޔަރު

2. ނަސްރުﷲ އަލީ- ޑެޕިއުޓީ މޭޔަރު

3. އަހުމަދު ވަހީދު- ސިޓީ ކައުންސިލް މެންބަރު

4. މުޙައްމަދު ޒަލީފް އަބްދުﷲ- ސިޓީ ކައުންސިލް މެންބަރު

5. އަހުމީމާ އަހުމަދު- ސިޓީ ކައުންސިލް މެންބަރު

6. އާމިނަތު ނަސީމާ- ސިޓީ ކައުންސިލް މެންބަރު

7. އައިޝަތު ލިއުޝާ ޒުބައިރު- ސިޓީ ކައުންސިލް މެންބަރު

ރޭގައި ބޭއްވުނު ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ ކައުންސިލުން މަގާމުގެ ހުވާ ކުރައްވައި، އިގްރާރުގައި ސޮއި ކުރެއްވި އިރު،  ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އައު މަގާމުތަކުގެ އިގުރާރުގައި ސޮއި ކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.