ދުބާއީގެ މަގުތަކުގައި ފެންބޮޑުވެފައި-- ފޮޓޯ: ޚަލީޖް ޓައިމްސް
ދުނިޔެ
17 Apr 2024 | 15:38
އަހަރެއްހާ ދުވަހުގެ ވާރޭ ވެހި ދުބާއީ ފެނު އަޑިއަށް!

އަހަރެއްހާ ދުވަހުގެ ވާރޭ ވެހި ދުބާއީގެ މަގުތައް ފެންބޮޑު ވެއްޖެއެވެ. 

ދުނިޔޭގެ ދެވަނައަށް އެންމެ ބިޒީ އެއާޕޯޓުގެ ލަގަބު ދާދިފަހުން ދެވިފައިވާ ދުބާއީ އެއާޕޯޓުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން އެ އެއާޕޯޓުގައި ޕާކު ކޮށްފައިވާ ޖެޓް ތަކާއި ފްލައިޓްތައް ވެސް ކަނޑުމަތީގައި ދަތުރުކުރާ އުޅަނދުތަކަކާއި ވައްތަރުވާވަރަށް ފެންގަނޑު ވަނީ ބޮޑުވެފައެވެ.

އެހެންކަމުން ދުބާއި އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ފްލައިޓްތައް ވެސް އެހެން އެއާރޕޯޓަކަށް ޖައްސާާގޮތަށް ބަދަލުކޮށްފައިވާއިރު، މި ވިއްސާރައިގެ ސަބަބުން އެގައުމުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ މަގުތަކުގައި ހިނގާބިގާވެ އުޅުން ވެސް ދަތިކަމަކަށް ވެފައިވާއިރު، މިއީ ފާއިތުވި ދެ އަހަރުވެސް އެގައުމަށް ވާރޭ ނުވެހޭ މިންވަރެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ދުބާއީން އަދި މި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ހާމަކޮށްފައިނުވި ނަމަވެސް، އެގައުމުގެ ފުލުހުން ބުނީ އެގައުމުގެ އެންމެ އުތުރުގައި އޮންނަ ރަސް އަލް ޚައިމާގައި ފެންބޮޑުވުމުގެ ސަބަބުން އުޅަނޑު އޮޔާދިޔުމުގެ ތެރޭގައި 70 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

ދުބާއީ އަށް ކުރަމުންމިދާ ވިއްސާރައިގެ އަސަރު އޮމާން އަށް ވެސް ކޮށް، އެގައުމުގެ 18 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި 10 ސްކޫލް ކުދިންވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ