ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
23 Apr 2024 | 11:36
ދެން ފެށޭނީ މި ގައުމުގެ ތަރައްގީވާ ދުވަސްތައް، ވެރިން އުޅުއްވަންޖެހޭނީ 24 ގަޑިއިރު ހޭލާ: ރައީސް ޑރ.މުޢިއްޒު

ކުރިއަށް އޮތީ ރާއްޖެ ތަރައްގީވާ ދުވަސްތައް ކަމަށާއި، އެކަމަށް ސަރުކާރުގެ ވެރިން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އެކަން ފާހަގަކުރުމަށް ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ޤައުމު ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު، ހެޔޮ މިސްރާބަށް ރައްޔިތުންގެ ބުރަ މަސައްމަތުން ރިޔާސީ އިންތިޚާބުގައި ގެނެސް، އެ މަސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި ބޭނުންވާ މިންވަރު ޔަޤީންވެގެން ގޮއްސި ކަމަށެވެ. 

މި ވޭތުވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި ވަރަށް ދަތި އުނދަގުލުގެ ތެރޭގައި ނަމަވެސް ސަރުކާރަށް ކޮންމެވެސް ވަރަކަށް ނަތީޖާ ނެރެވުނުކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތީ އެ ފަސް މަސްދުވަހަށް ވުރެ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށާއި، ދެން ފެށޭނީ މިޤައުމު ތަރައްޤީވާން ކަމަށެވެ.

"އަޅުގަނޑުގެ ކެބިނެޓް މެމްބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ، މި ވޭތުވެދިޔަ 5 މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ދެން ތިބޭފުޅުން އުޅުއްވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްޤީ އަޅުގަނޑު ބޭނުންވިގޮތަށް ގެނެސްދޭން."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި ސަރުކާރަކީ ބަހަނާ ދައްކާ ބައެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ޓީމަކީ އިޚްލާސްތެރިކަމާއެކު ސީރިއަސް މަސައްކަތެއް ކުރަންތިބި ބައެއްކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވަނީ ގެދޮރުވެރިކަން ޔަޤީންކޮށް، އިޤްތިޞާދު ވަރުގަދަކޮށް، ގައުމުގެ ޢުމްރާނީ ތަރައްޤީ ދިވެހިން އެދޭގޮތަށް ހުރިހާ ރަށެއްގައި ހާސިލްކުރާނެ ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު ކަނޑައަޅާފައިވާގޮތަށް ތަންފީޒްކޮށް، މިޤައުމު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ޔާމިން
ޙަމަ އެކަނި މާލެ އާއި ބޮޑެތި ރަށްތަށް ތަރައްގީ ކުރުމަކީ ތަރައްގީ އެން ނޫން.
23 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.