ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
23 Apr 2024 | 12:51
އެކީގައި ކުރިއަށް ދިޔުމަށް ހުރިހާ ސިޔާސީ ވެރިންނަށް ގޮވާލަން: ރައީސް ޑރ.މުޢިއްޒު

ގައުމު ތަރައްގީކޮށް ކުރިއެރުވުމަށް ހުރިހާ ސިޔާސީ ވެރިން އެކީގައި ކުރިއަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އެކަން ފާހަގަކުރުމަށް ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މަޖިލިސް އިންތިހާބު ނިމިފައިވާއިރު، ހުރިހާ ސިޔާސީ ވެރިންނާއި ހުރިހާ ސިޔާސީ ޕާޓީތައް ވެސް އެކީގައި ކުރިއަށް ދިޔުމަށް ގޮވާލައްވާކަމަށެވެ.

އެގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ކުރިމަތީގައި ދިވެހި ކޮންމެ ރައްޔިތަކު ހަމަހަމަވާނެ ކަމަށާއި ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް ކަމަށާއި، އެއިން ކޮންމެ ބޭފުޅަކު ދެކެ އެމަނިކުފާނުގެ ހިތުގައި އޮތީ ލޮތްބާއި ގަދަރު ކަމަށެވެ.

"އިންތިހާބު ނިމުނީ، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއި އެކީގައި ވަރަށް އުފަލާއި އެކީގައި ގޮވާލަން، ހުރިހާ ސިޔާސީ ވެރިންނަށްވެސް ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހިންގަވާށޭ ކުރިއަށް ދާން، މި ގައުމަކީ އަޅުގަނޑުމެންގެ އެންމެންގެ ގައުމު، މި ގައުމަކީ ކޮންމެ ދިވެހި ލޮބުވެތި ރައްޔިތެއްގެވެސް ގައުމު، އެހެންވީމަ ހުރިހާ ބޭފުޅުން އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށެ ކުރިއަށްދާނެ، އިރާދަކުރެއްވިއްޔާ އެންމެންނަށް ލިބޭނީ އުފާވެރިކަން."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވަނީ ޤައުމު ތަރައްގީކޮށް ކުރިއެރުވުމަކީ ކޮންމެ މީހެއްގެ ވެސް ފަޚުރު ކަމުގައި ދެކިގެން އެކުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާ އިސްލާމްދީނަށް ނަސްރު ދިނުމުގެ ހިތްވަރު އައުކޮށް، ކުރިން ރާއްޖޭގައި އޮތް އަވަށްޓެރިކަމާއި އެކުވެރިކަމުގެ ރޫހު އަލުން އިއާދަކޮށް ހަގީގީ މާނާގައި ޤައުމަށް ހަމަޖެހުން ގެނައުމުގެ އަޒުމް އައު ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ކޮމެންޓް
އިއްބެ
އެގޮތަށްއެހެންރައީސުންގޮވައިލެއްވީމައި ރައީސްމުޢިއްޒުއަށްއިޖާބަނުދެވުނީކީއްވެ
23 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.