ޕީއެންސީ އާއި ގުޅިވަޑައިގެން މެމްބަރުން ރައީސް ޑރ.މުޢިއްޒު އާއި އެކު-- ފޮޓޯ: ޕީއެންސީ
ހަބަރު
24 Apr 2024 | 12:49
އަމިއްލަ ގޮތުން އިންތިހާބުވި ގިނަ މެމްބަރުންތަކެއް ޕީއެންސީ އަށް!

މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ގޮނޑި ކާމިޔާބު ކުރެއްވި ގިނަ ބޭފުޅުންތަކެއް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އާއި ގުޅިވަޑައިގެންފިއެވެ.

ޕީއެންސީ އާއި ގުޅިވަޑައިގެން އިންތިހާބީ މެމްބަރުންނަކީ އިންތިހާބުގައި ސަރުކާރުން ތާއީދުކުރައްވާފައިވާ މެމްބަރުންނެވެ.

ޕީއެންސީން ބުނީ އަމިއްލަގޮތުން އިންތިޚާބުވި ހަ މެންބަރަކު އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ. އެ މެމްބަރުންނަކީ:

1) ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

2) ޙަސަން ޒަރީރު – މަތިވެރި ދާއިރާ

3) އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

4) އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

5) ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ

6) ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު މި ހަ މެމްބަރުންނާއި އެކު ޕީއެންސީ އަށް ތާއީދު ކުރާނެ 72 މެމްބަރުން ތިބޭނެ އެވެ. ހަމައެއާއިއެކު ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ. 

ޕީއެންސީން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ވެސް ތާއީދު ދީފައިވާއިރު، މި ތިން ބޭފުޅުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވައި، ގޮނޑި ކަށަވަރު ކުރައްވާފައެވެ.

ޕީއެންސީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައިވާއިރު، އަލަށް އިންތިހާބުވެވަޑައިގެން މެމްބަރުންގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮމެންޓް
އެދުރު
ރަނގަޅު ނޫންތޯ ފެށުމުގައި މަކަރާއި އޮޅުވައިލުން
24 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.