ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް--ފޮޓޯ: އޭޕީ
ދުނިޔެ
28 Apr 2024 | 16:20
ޔަހޫދީން ރަފާހް އަށް ދިނުމަށް ރާވަމުންދާ ހަމަލާ ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް: މަހްމޫދު އައްބާސް

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީންގެ ޣައްޒާގެ ރަފާހް އަށް ދިނުމަށް ރާވަމުންދާ ހަމަލާތައް ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއާ ގެ ވެރިރަށް ރިޔާދުގައި ގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމް ގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޔަހޫދީންގެ ފައުޖުން ރަފާހް އަށް ހަމަލާދޭނެ ކަމަށް ލަފާ ކުރައްވާ ކަމަށާއި، މިކަމުގެ ސަބަބުން އެތަނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ބިން ދޫކޮށްދާން މަޖުބޫރު ވާނެ ކަމަށެވެ.

"ރަފާހަށް ދިނުމަށް ރާވަމުންދާ ހަމަލާ ކުރިއަށް ނުގެންދިޔުމަށް އިސްރާއީލު ކަުއިރި އެދުމަށް އެމެރިކާއަށް ގޮވާލަން. އެމެރިކާއަކީ އިސްރާއީލުން މި ޖަރީމާ ހިންގުން ހުއްޓުވޭނެ ހަމައެކަނި ޤައުމު"

މަހުމޫދު އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އައްބާސް ވަނީ ފަލަސްތީނުގެ އާއްމުން ގެދޮރު ދޫކޮށް އުރުދުން އާއި މިސްރަށް ބަދަލު ކުރުމަށް ދެކޮޅުހައްދަވާ ކަމަށާއި، އެމީހުން އެފަދައިން ބަދަލުވެއްޖެ ނަމަ ޔަހޫދީން މިހާރު ޣައްޒާގައި ކުރިއަށް ގެންދާ ގަތުލުއާއްމު ނިންމާލައި، ފަލަސްތީނުގެ އާބާދީ ހުޅަނގު އައްސޭރިން ނެރެ އުރުދުންއަށް ގަދަކަމުން ވައްދަން މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، ޔަހޫދީންގެ ފައުޖުން ޣައްޒާ އަށް ހަމަލާދޭނެ ކަމަށް ބުނަމުން އަންނަތާ މިހާރު ހަފްތާތަކެއް ވަނީ ފާއިތުވެފައެވެ. ހަމާސް ޖަމާއަތް ނައްތާލުމަކީ އެމީހުންގެ އަމާޒުކަމަށް ބުނަމުން އަންނައިރު، މިދިޔަ ހަފްތާގައި ޔަހޫދީން ރަފާހް އަށް ދެމުން އަންނަ ވައިގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުންއަންނައިރު، އަނިޔާވެރިކަން ހައްދުފަހަނަ އަޅާގޮސް، އިސްރާއީލުގެ ނިރުބަވެރި ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް  34,454 މީހުން ޝަހީދުވެފައިވާއިރު، 77,575 މީހަކު ވަނީ ޒަހަމްވެފައެވެ.

އދ އާއި އެނޫންވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި، ގައުމުތަކުން މި ގަތުލުއާއްމު ހުއްޓާލުމަށް އިސްރާއީލަށް ގޮވާލަމުން އައި ނަމަވެސް މިހާތަނަށް އިސްރާއީލުން މި ކަންކަމަށް އިޖާބަދީފައެއް ނުވެއެވެ. މި ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ ގަރާރެއް ދާދި ފަހުން އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުން ވެސް ފާސްކޮށްފައިވާއިރު، މި ގަރާރަށް ވެސް ޔަހޫދީން ބޯލަބާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.