ވަޒީރު އަބްދުالله ރާފިއު މިއަދުގެ މަޖިލީހުގެ ޖަލްސާގައި: ފޮޓޯ/ މަޖިލިސް
ހަބަރު
06 May 2024 | 10:24
ދެ މިލިއަން ޚަރަދުވާނެ ޕްރޮޖެކްޓް ތަކަށް 2 ލައްކައިގެ ބަޖެޓެއް ކަނޑައަޅާފައި ހުންނާތީ މަސައްކަތް ލަސްވޭ: ރާފިޢު

ބައެއް ޕްރޮޖެކްޓް ތަކުގެ މަސައްކަތް ކުރޮއަށް ނުގޮސް ހުއްޓެނީ ނުވަތަ މަސައްކަތް ލަސްވަނީ އެކަށީގެންވާ ބަޖެޓެއް ކަނޑައެޅިފައި ނުހުންނާތީ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރުމަށް ހުށަހެޅުނު ފުރުސަތުގައި ބައެއް މެންބަރުން ވަނީ އެ ދާއިރާގެ ރަށް ތަކުގެ ޕްރޮޖެކްޓްތައް 2 އަހަރު ވެގެންދާއިރުވެސް ނުނިމި ހުންނަކަން ފާހަގަކުރައްވާ އެ ޕްރޮޖެކްޓްތައް ނިމޭނެ ތަރީޚް ހާމަކުރެއްވުމަށް ވަޒީރާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ބައެއް ފަހަރު ޕްރޮޖެކްޓްތައް ލަސްވެގެންދަނީ އެ ޕްރޮޖެކްޓް ހަވާލުކުރެވޭއިރު ބަޖެޓްގައި އެކަމަށް ކަނޑައަޅާފައިވާ މިންވަރު ކުަޑަވުމުން ކަމަށެވެ. 

ދެން އަޅުގަމޑުމެން މި ޖެހެނީ މަސައްކަތް ފަށާފައި އެޑްވާންސްއަށް ދައްކަން ޖެހޭ ވަރެއް ދައްކާފައި، ދެވަނަ ޕޭމަންޓަކާ ހަމައަށް އަންނަ އިރު އެ އަހަރު ތެރޭގައި އެހެން ކޯޑަކުން އެ ފައިސާ ބަޖެޓަށް ޓްރާންސްފާ ކުރަން. ދެން އެ ފައިސާ ނަގާ ކޯޑު އެވެސް ކޮންމެސް ރަށެއްގެ ކޮންމެސް ޕްރިޖެކްޓަކަށް ވެފައި މި އޮންނަނީ. އެހެންވާއިރު އެ ރަށުންވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހޭ. އެހެންވީމާ ވަރަށް ބޮޑަށް ބަޖެޓްގެ ދަތިކަން އެބަ އާދޭ ބަޖެޓް ކުރެވުފައި ހުރި ގޮތުން

ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު

މިއާއެކު ރާފިއު ވިދާޅުވީ ބަޖެޓްގެ ދަތިކަމާއި ހުރެ ޖެހިގެން އަންނަ އަހަރަށް މަސައްކަތް ދަންމާލަން ޖެހޭ ކަމަށާ ލަސްވަނީ އެ ސަބަބާއި ހުރެ ކަމަށެވެ. 

އެބަހުރި އިނގޭތޯ ދެ މިލިއަން ތިން މިލިއަންގެ ޕްރޮޖެކްޓަށް ދެ ލައްކަ ތިން ލައްކަވަރު ރުފިޔާ ބަޖެޓްގައި ހިމެނިފައި. އެހެންވީމާ ދެވަނަ ޕޭމަންޓަށް ދާއިރު އެ މަސައްކަތް ކުރިއަށް ގެންދަން ދަތިވޭ. އެއީ އެއް ސަބަބު

ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު

މީގެ އިތުރުން ޕްރޮޖެކްޓަށް ވޭނުންވާ ތަކެއްޗަށް އޯޑަރ ދީގެން އެ ގެންނަން ނަގާ ވަގުތުގެ ސަބަބުންވެސް މަސައްކަތް ލަސްވެގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އަދި ހަމަ އެހެން، ދެތިން ސަބްކޮންޓްރެކްޓަރުންނާއި ހަވާލު ކޮށްގެންވެސް ބައެއް މަސައްކަތް ކުރިއަށް ގެންދާއިރު އޭގެ ސަބަބުން އެއްބަޔަކާ އަނެއް ބައެއްގެ މެދުގައި “ކޮމިޔުނިކޭޝަން އެރާރ” އަރާތީވެސް މަސައްކަތް ލަސްވާ ކަމަށް ވަޒީރު ރާފިޢު ވުދާޅުވިއެވެ. 

އެހެންކަމުން އެ ހުރިހާ ކަމެއްވެސް ކޮންޓްރެކްޓަރ އާއި ވާހަކަ ދައްކައިގެން ސާފުކޮށް މަސައްކަތް ލަސްވާ ސަބަބު ދެނެގަތުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ރާފިޢު ވިދާޅުވިއެވެ. 

ކޮމެންޓް
ޢިނާޒު
ލިއުމުގައި ކުށްގިނަކަން ފާހަގަވޭ
07 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.